ފަތުރުވެރިކަމަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދޭން އެންމެ ރަނގަޅު ދާއިރާ: ސިޔާމް

ސަން ސިޔާމް ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސިޔާމް މުޙައްމަދު "ސަން"އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ މުޙައްމަދު ޙައްޔާން

ފަތުރުވެރިކަމަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް އެންމެ ރަނގަޅު ދާއިރާ ކަމަށް ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖެއްގައި ސިޔާމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި އިތުރު ފުރުސަތުތައް އުފެއްދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހު ފާހަގަ ކުރާ "ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް" މި އަހަރު ފާހަގަ ކުރަނީ "ރީތިންކް ޓޫރިޒަމް," މި ޝިއާރުގެ ދަށުންނެވެ.

ސިޔާމް ފަތުރުވެރިކަމުގެ ދާއިރާއަށް ވެންނެވީ 1990 ވަނަ އަހަރު ސަން ޓްރެވަލްސް އެންޑް ޓުއާސްގެ ނަމުގައި ފެެއްޓެވި ވިޔަފާރިންނެވެ. މިއަދު އޭނާގެ ސަން ސިޔާމް ގުރޫޕަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.

comment ކޮމެންޓް