އާރުޓީއެލް ފެރީގައި ރައީސް ދިއްދޫއަށް ވަޑައިގެންފި

އާރުޓީއެލް ފެރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ހއ. ދިއްދޫއަށް ވަޑައިގެންފިއެވެ.

ރައީސް ދިއްދޫއަށް ވަޑައިގަތީ މިއަދު ހަވީރު 17:20ހާއިރުއެވެ. ރައީސް ދިއްދޫއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ.

ރަށުގެ ބަނދަރު ސަރަހައްދުން ފެނިގެން ދިޔައީ ދިވެހި ދިދައިން ޖަރީކޮށްފައިވައިވާ މަންޒަރެވެ.

އާރުޓީއެލް ފެރީގައި ރައީސް ދިއްދޫއަށް ވަޑައިގަތުން --- ފޮޓޯ ރައީސް އޮފީސް

ރައީސް ޞާލިޙު އާރުޓީއެލް ފެރީގައި ދަތުރުކުރައްވައި ދިއްދޫއަށް ވަޑައިގަތީ މިހާރު އެމަނިކުފާނު އުތުރުގެ ހަތަރު ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން އާރުޓީއެލް ފެރީ ޒޯން އެކެއްގައި ފެށުން ރަސްމީކޮށް އިފްތިތާހުކުރުމަށް މިރޭ އެރަށުގައި ބާއްވާ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަދު އެމަނިކުފާނު އާރުޓީއެލް ފެރީގައި ދަތުރުކުރެއްވުމުގެ މަގުސަދަކީ އާރުޓީއެލް ފެރީ ތަޖުރިބާ ކޮށްލެއްވުމެވެ.

ރައީސް މިރޭ ދިއްދޫގައި މަޑުކުރެއްވުމަށް ފަހު މާދަމާ ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ކައުންސިލާއި އެ ރަށު އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ.

އާރުޓީއެލް ފެރީގައި ރައީސް ދިއްދޫއަށް ވަޑައިގަތުން --- ފޮޓޯ ރައީސް އޮފީސް

މީގެ އިތުރުން ދިއްދޫގެ ހޮސްޕިޓަލު ބައްލަވާލައްވައި ހއ. އަތޮޅު ތައުލީމީ މަރުކަޒު ބައްލަވައިލައްވާނެއެވެ.

ދިއްދޫއަކީ ރައީސް ޞާލިޙު އުތުރުގެ ހަތަރު ރަށަކަށް ކުރައްވާ އެ ދަތުރުފުޅުގައި ވަޑައިގަންނަން ހަމަޖެހިފައިވާ އެންމެ ފަހު މަންޒިލެވެ.

ދަތުރު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި މާލޭ ވަޑައިގަންނަވާނީ މާދަމާ މެންދުރުފަހުއެވެ.

comment ކޮމެންޓް