އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް ދޭއް ފަށައިފި

އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒްގެ ދެވަނަ ބުރު ފެށުން / އުރީދޫ

އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒްގެ ދެވަނަ ބުރު ފަށައިފިއެވެ.

އެ މުބާރާތުގެ ދެ ވަނަ ބުރު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަށާފައިވާއިރު އެ މުބާރާތުގައި ޖުމްލަ 89 ޓީމެއް ވާދަކުރެއެވެ. އެ ޓީމްތައް ވަނީ ފަސް ގްރޫޕަކަށް ބަހާލާފައި ކަމަށް އޫރީދޫއިން ބުނެއެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒްއަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު، މި އަހަރުގެ ޑިސެމްބަރު މަހު ބާއްވާ އުރީދޫ ޕަބްޖީ ޗެމްޕިއަންޝިފާ ހަމައަށް ކުރިއަށްދާ ސިލްސިލާއެކެވެ.

އެ ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތް ނިމި ޗެމްޕިއަންޝިޕް މުބާރާތަށް ދާ ތިން ޓީމެއް ވަނީ ހޮވާފައެވެ. ދެވަނަ ބުރުން ވެސް ތިން ޓީމެއް ޗެމްޕިއަންޝިޕަށް ދާނެއެވެ.

ދެވަނަ ބުރުގެ ޗެމްޕިއަން ޓީމުތަކަށް ކަނޑައަޅާފައިވާ 15،000 ރުފިޔާގެ އިނާމު ދޭން ހަމަޖެހިފައިވާ ގޮތަކީ:

• ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ
• 2 ވަނަ އަށް ހޮވޭ ޓީމަށް 3،000 ރުފިޔާ
• 3 ވަނަ އަށް ހޮވޭ ޓީމަށް 2،000 ރުފިޔާ

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް އެކެއްގައި ބައިވެރިވި 16 ޓީމުގެ ތެރެއިން ވަނަތަކަށް ދިޔަ ޓީމުތަކަކީ:

• ޗެމްޕިއަން ޓީމް: އާރް ޖީސީ ޑެނޯ
• ދެ ވަނައަށް މޮޅުވި ފަރާތް: ކޭއެޗް އީސްޕޯޓްސް
• ތިން ވަނައަށް މޮޅުވި ފަރާތް: އެލްއެންއެން ސްޕީޝީސް

އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒްގެ ތިން ވަނަ ބުރު އަންނަ މަހު ބާއްވާނެއެވެ. އެއަށް ފަހު އަންނަ ނޮވެމްބަރު މަހު ބާއްވާ އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓްގައި އިތުރު ހަތް ޓީމެއް ވާދަކުރާނެއެވެ.

އެހެންކަމުން ކޮންޓެންޑާ ސީރީޒްގެ ބުރުތަކުން މޮޅުވި ނުވަ ޓީމާއެކު އެ ހަތް ޓީމު، އަންނަ ޑިސެމްބަރު މަހު ބާއްވާ އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވާނެއެވެ.

comment ކޮމެންޓް