ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އާޒާދު އައްޔަންކޮށްފި

ފައިނޭންޝިއަލް ކޮންޓްރޯލަރުގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު އާޒާދު

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އާޒާދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު އައްޔަންކުރައްވައިފިއެވެ.

އާޒާދު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ސައިންސް އިން ފިނޭންސްގެ ދާއިރާއިން މާސްޓާސް ހައްދަވާފައެވެ. އަދި އެ އަހަރުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ބެސްޓް ސްޓޫޑަންޓް އިން ފައިނޭންސް އެވޯޑް ވެސް އޭނާ ހަސިލްކުރައްވާފައި ވެއެވެ.

އާޒާދު ވަނީ 2017ވަނަ އަހަރުން ފެށިގެން ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވާފައެވެ. އަދި އިސްލާމިކް ބޭންކްގެ ބޯޑް ޑިރެކްޓަރެއްގެ މަގާމު ވެސް އޭނާ އަދާކުރައްވާފައިވެއެވެ.

މީގެ ކުރިން އެ މަގާމުގައި ހުންނެވީ ފާތިމަތު ރަޒީނާއެވެ. އޭނާ ވަނީ އިއްޔެ މަގާމުން އިސްތިއުފާދެއްވާފައެވެ.

ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމްއާން ވަހީދު 'ސަން' އަށް ވިދާޅުވީ ރަޒީނާ އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ރާއްޖެއިން ބޭރުން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވުމަށް ފުރާވަޑައިގަންނަވާތީ ކަމަށެވެ.

comment ކޮމެންޓް