އިންގްލެންޑް ސްކޮޑުން އެލެގްޒެންޑާ އާނޯލްޑް ބާކީކޮށްފި

އެލެގްޒެންޑަރ އާނޯލްޑް އިންގްލެންޑް މެޗެއްގައި-- ފޮޓޯ/ ގެޓީ އިމޭޖް

މިހާރު ކުރިއަށްދާ ނޭޝަންސް ލީގް އިންގްލެންޑް ޓީމު ސްކޮޑުން އިތުބާރު ޑިފެންޑަރު އެލެގްޒެންޑާ އާނޯލްޑް ބާކީކޮށްފިއެވެ.

އިނގިރޭސި ޓީމު ސްކޮޑުން އާނޯލްޑް ބާކީކޮށްފައިވާއިރު، އިންގްލެންޑް މިރޭ ޖަރުމަނުވިލާތާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ނުފެންނާނެއެވެ. އިންގްލެންޑް ސްކޮޑުން އާނޯލްޑް ބާކީކުރިއިރު، އިންގްލެންޑްގެ ކޯޗު ސައުތު ގޭޓް އޭނާ ޓީމުން ބާކީކުރި ސަބަބެއް ސީދާ ސާފެއް ނުވެއެވެ.

މިއަހަރުގެ މިހާތަނަށް އިންގްލެންޑްގެ ޤައުމީ ޓީމަށް އާނޯލްޑް ކުޅެދީފައިވަނީ އެންމެ މެޗެކެވެ. މިފަހަރުގެ ނޭޝަންސް ލީގްގައި އިންގްލެންޑް އިޓަލީ އަތުން ބަލިވި މެޗުގައި އާނޯލްޑް ކުޅެފައިވާއިރު، އެމެޗަށް އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެފަހުން އިންގްލެންޑް ޓީމު ކުޅުނު މެޗުތަކުން ކޯޗު ގެރެތް ސައުތު ގޭޓު އާނޯލްޑަށް ފުރުސަތުދީފައެއް ނުވެއެވެ. އެ މައްސަލައިގައި ލިވަޕޫލްގެ ކޯޗު ކްލޮޕް ވެސް ވަނީ ވާހަކަދައްކާފައެވެ.

ކްލޮޕްގެ ވާހަކަތަކާ ގުޅިގެން ސައުތު ގެޓް ބުނީ އާނޯލްޑް ޓީމަށް ނުނަގަނީ އޭނާ ރަނގަޅަށް ނުކުޅޭތީކަމަށެވެ.

ފަހަކަށް އައިސް އިންގްލެންޑް ކުޅޭ މެޗުތަކުގެ ނަތީޖާ ދަށްވަމުންދާތީވެ ކޯޗު ސައުތު ގޭޓަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.

comment ކޮމެންޓް