ޓްރީ ޓޮޕުން ތެލެސީމިއާ ޕެކޭޖް ތައާރަފްކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ތެލެސީމިއާ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

ތެލެސީމިއާ ބައްޔަކީ ލޭގައި ހިމެނޭ ހިމަގްލޯބިން ފުރިހަމައަށް އުފައްދައި ނުދިނުމުގެ ސަބަބުން މުޅި އުމުރަށް މީހާ ލޭއަޅަންޖެހޭ ބައްޔެކެވެ. މި ބައްޔަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ކަމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ތެލެސީމިއާ ޕެކޭޖުން ލިބޭ ޚިދުމަތްތަކަކީ:

1. ތެލެސީމިއާ ސްކްރީނިންގެ ޕެކޭޖް: މި ޕެކޭޖު ފަރުމާ ކޮށްފައިވަނީ ތެލެސީމިއާ ޓެސްޓު އަލަށް ހަދަން ބޭނުންވާ މީހުންނަށެވެ.

ކުރީބައިގަ ސްކްރީން ކުރުމަކީ ތެލެސީމިއާ ބަލި ހުރިތޯ ބެލުމަށް މުހިންމުކަމެކެވެ. އާއިލާއެއް ފެށުމަށް ތައްޔާރުވަމުންދާއިރު ތެލެސީމާއާއަށް ސްކްރީން ކުރުމަކީ މުހިންމުކަމެކެވެ.

2. ތެލެސީމިއާ ޗެކް-އަޕް ޕެކޭޖް: މިއީ ތެލެސީމިއާ ބަލި ޖެހިފައިވާ މީހުންނަށް މި ބަލި މެނޭޖް ކުރުމަށާއި، ޗެކްއަޕެއް ހެދުމަށް ބޭނުންވާ މީހުންނަށް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ.

މި ޕެކޭޖުތަކުގެ އިތުރުން، ތެލެސީމިއާ ހުންނަށް މީހުންނަށް، އަޔަން ކިލޭޝަން ތެރަޕީ އިތުރު ޚިދުމަތްތެއްގެ ގޮތުގައި ފޯރުކޮށްދެއެވެ. އަޔަން ކިލޭޝަން އަކީ ޑޮކްޓަރުގެ އިރުޝާދުގެ މަތިން، ހަށިގަނޑުގައި އިތުރަށްވެފައި ހުރި އަޔަން ބޭރުކުރުމަށް ދެވޭ ފަރުވާއެކެވެ.

ތެލެސީމިއާއަކީ ދަތި އުދަގޫތަކާ ކުރިމަތިވުން ގާތް ބައްޔެކެވެ. ބަލިން ރައްކާތެރި ވެވޭނޭގޮތްތައް އޮޅުން ފިލުވައި ސްކްރީންކުރުމަކީ މުހިންމުކަމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.

comment ކޮމެންޓް