އެކައުންޓެންޓްސް ފޯރަމްގެ ސްޕޮންސަރުންނާއެކު ސޮއިކޮށްފި

އެކަންޓެންޓްސް ފޯރަމްގެ ސްޕޮންސަރުނާއިއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ސީއޭ މޯލްޑިވްސް

އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ، މޯލްޑިވްސް އެކަންޓެންޓްސް ފޯރަމްގެ ސްޕޮންސަރުންނާއެކު ސޮއިކޮށްފިއެވެ.

މިއަހަރުގެ އެކައުންޓެންޓްސް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 29 އިން 30 އަށެވެ.

އެކައުންޓެންޓްސް ޕޯރަމްގެ މެއިން ސްޕޮންސަރުނަކީ، ސްޓޭޓް ޓްރޭޑިން އޯގަނައިސޭޝަން (އެސްޓީއޯ)އެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ ދިރާގު، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި ޕެންޝަން އޮފީހެއެވެ. މި ފޯރަމްގެ ބޭންކިން ޕާޓްނާ އަކަށް ހަމަޖައްސާފައި ވަނީ ބޭންކް އޮފް މޯލްޑިވްސްއެވެ.

މި އަހަރުގެ އެކައުންޓެންޓްސް ޕޯރަމްގެ ތީމްއަކީ 'އިކޮނޮމިކް ޓްރާންސްފޮމޭޝަން ރީތިންކިން ގްރޯތު އިން ދަ ނިއު އިކޮނޮމީ' އެވެ. މި ތީމްއަށް ޚާއްސަކޮށްގެން ބާއްވާ މިއަހަރުގެ ފޯރަމް ބިނާވެގެން ދާނީ އެކައުންޓިން އަދި އޮޑިޓިން ދާއިރާއަށް އަންނަމުންދާ ބަދަލުތަކަށް އަހުލުވެރިކޮށް މި ފަންނުގެ މަސްލަހަތުވެރިންގެ މެދުގައި ޢިލްމާއި ތަޖުރިބާ ޙިއްސާކުރުމަށެވެ.

މި ފޯރަމްގައި އޭޝިއާ ރީޖަންގެ ޗާޓާޑް އެކައުންޓިން އިސްޓިޓިއުޓްގެ އިސްވެރިންގެ އިތުރުން، އެކައުންޓިން އާއި ވިޔަފާރީގެ އެކި ދާއިރާތަކުގެ ތަޖުރިބާކާރު ފަންނުވެރިންގެ ބައިވެރިވުމާއިއެކު، ޤައުމުގެ އިޤްތިސާދާ ގުޅުން ހުރި މުހިންމު ހުށަހެޅުންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ދާނެކަމަށް ސީއޭ މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

comment ކޮމެންޓް