ރަންދިހަފަހެއް ސީރީޒްގެ 50 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެގެން ޗާޕުކޮށްފި

ރަންދިހަ ފަހެއްގެ ނޫޓްތައް: 50 ރުފިޔާގެ ސްޓޮކް މަދުވުމުން އިއްޔެ ވަނީ އަލުން ޗާޕް ކޮށްފައި-- ފޮޓޯ: އެމްއެމްއޭ

ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 50 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕުކޮށްފިއެވެ.

މަރުކަޒީ ބޭންކް, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާ ނޫޓްތައް ޗާޕްކޮށްގެން ގެނެސްފައި ވަނީ އިއްޔެއެވެ.

އަލަށް ޗާޕުކޮށްގެ ރާއްޖެ ގެނައި ރަންދިހަ ފަހެއްގެ އާނޫޓު ވަނީ ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފަކަމަށް އެމްއެމްއޭއިން ބުނެއެވެ.

ރަންދިހަ ފަހެއްގެ ނަމުގައި ދިވެހި ފައިސާގެ އާ ނޫޓު ސީރީޒް ތައާރަފްކުރީ 2015 ވަނަ އަހަރުގައެވެ. ރަންދިހަ ފަހެއް ނޫޓު އަކީ ޒަމާނީ ސެކިއުރިޓީ ފީޗާތަކާއެކު ދިވެހިންގެ އާދަކާދަ އާއި ދިވެހި ވަންތަކަށް ދައްކައިދޭ ގޮތަށް ހަދާފައިވާ ފައިސާގެ ނޫޓުތަކެކެވެ.

comment ކޮމެންޓް