ފާއިތުވި 59 އަހަރުގެ ތެރޭގައި ޖުޕިޓާ ދުނިޔެއާ އެންމެ ކައިރި ވަނީ މިރޭ

ގޭސް ޖަޔަންޓް ޖުޕިޓާ ފާއިތުވި 59 އަހަރު ތެރޭގައި ދުނިޔެއާ އެންމެ ގާތަށް އަންނައިރު، މި ރޭ އުޑުމަތިން ދުނިޔެއަށް ފެންނާނެ އެންމެ ބޮޑު އަދި އެންމެ ބްރައިޓް ތަރިއަށް، ޖުޕިޓާ ވެގެންދާނެކަމަށް ސައިންސްވެރިން ބުނެފިއެވެ.

ޖުޕިޓާ އާދަޔާ ޚިލާފަށް ދުނިޔެއާއި ކައިރިއަށް ދަތުރުކުރާއިރު، ނާސާގެ ސައިންސްވެރިން ބުނާގޮތުގައި، އިއްޔެ ޖުޕިޓާ ދުނިޔެއާ އެންމެ ކައިރިއަށް ވާސިލް ވާނީ ގާތްގަނޑަކަށް 367 މިލިއަން މޭލަށެވެ.

މިރޭ ގޭސް ޖަޔަންޓް ދުނިޔެއާއި ކައިރިވާއިރު، ދުނިޔޭގައި ތިބި މީހުންނަށް ޖުޕިޓާ ފެންނާނީ އިރާ ދިމާލުންނެވެ. އެއީ ޖުޕިޓާ ދަތުރުކުރާނީ އިރުމަތިން ހުޅަނގަށްކަމަށްވާތީ ކަމަށް ސައިންސްވެރިން ބުނެއެވެ. އަދި އޭރު ދުނިޔޭގެ ބޮޑު ސަރަހައްދަކަށް އިރު އޮއްސޭނެއެވެ.

މި ދެ ހާދިސާގެ ސަބަބުން ޖުޕިޓާ އުޑުމަތިން އުޖާލާވެ ބޮޑުކޮށް ފެންނައިރު، މި މަންޒަރު އެންމެރީތިކޮށް ދުނިޔެއަށް ފެންނާނީ މި ރޭ ކަމަށް ނާސާއިން ބުނެއެވެ. ނަމަވެސް މިރޭގެ ފަހުން ވެސް ކުރިއަށް އޮތް ހަފުތާތަކުގައި މި ޕްލެނެޓް ތަންކޮޅެއް ބޮޑުވެ އުޖާލާކޮށް ދުނިޔެއަށް ފެންނާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ޖުޕިޓާ ދުނިޔެއާ އާދަޔާޚިލާފަށް ކައިރިވި ނަމަވެސް ސައިންސްވެރިން ބުނާގޮތުން ޖުޕިޓާ މިނޫނަސް ދުނިޔެއާއި ކައިރިން ދަތުރު ކުރެއެވެ. އެގޮތުން ޖުޕިޓާ ކޮންމެ 13 މަހަކުން އެހެން ދުވަސް ވަރަށް ވުރެ ބޮޑުވެ، އުޖާލާކޮށް ފެނެއެވެ. އަދި ދުނިޔެއާ އެންމެ ކައިރިން ކައިރިވެ، ބޮޑުކޮށް ފެންނަ ގޮތަށް، ގާތްގަނޑަކަށް ކޮންމެ 12 އަހަރަކުން، އިރުގެ ވަށައިގެން ޖުޕިޓާ މިގޮތަށް ދައުރުވެއެވެ.

ފިޒިކްސްގެ ނަޒަރުން ބަލާއިރު މި ދެ އިވެންޓްގެ އޯވަލެޕް އަކީ 2139 ވަނަ އަހަރާ ހަމައަށް ދާންދެން މިހާބޮޑަށް ޖުޕިޓާ ދުނިޔެއާއި ކައިރިނުވުމެވެ.

ނާސާގެ ހީވާގި ފަލަކީ އިލްމުވެރިން އަވަދިނެތި މިހާރު ތައްޔާރުވަމުން ދަނީ ބައިނޮކިއުލާ ނުވަތަ ޓެލެސްކޯޕް ބޭނުންކޮށްގެން ޖުޕިޓަރުގެ ބެންޑިން ހިމެނޭ ގޮތަށް ޖުޕިޓަރުގެ ތަފްސީލުތަކާއި، ގަލީލީގެ ތިން ހަތަރު ހަނދު ވެސް ދުނިޔެއަށް ފެންނާނެތީ އެ ރީތި މަންޒަރުތަކާއި ފޮޓޯތައް ނެގުމަށް ހަދަން ޖެހޭ ސެޓަޕްތައް ހެދުމުގައެވެ.

ޖައްވުގައި ހުންނަ ޓެލެސްކޯޕްތަކުން ވެސް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ގޭސް ޖަޔަންޓްގެ މަންޒަރުތައް ރަނގަޅަށް ފެންނާނެ ކަމަށް ނާސާގެ ސައިންޓިސްޓް މައިކަލް ތަލާ ވިދާޅުވިއެވެ.

ނާސާއިން ޖުޕިޓަރުގެ ފޮޓޯއެއް ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން އެންމެ ފަހުން ނަގާފައިވަނީ މިދިޔަ ޖުލައި މަހު --- ފޮޓޯ/ އޭޕީ

ދާދިފަހުން ލޯންޗުކުރި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން މިހާރު ވެސް ވަނީ މި ޕްލެނެޓްގެ ޚާއްޞަ ތަސްވީރެއް ފާހަގަކޮށްލެވޭ ވަރަށް ތަފްސީލުކޮށް ނަގާފައެވެ.

ބައެއް ކޮމްޕޮޒިޓްތަކުން އުފައްދާފައިވާ މި ތަސްވީރުގައި ޖުޕިޓަރުގެ އުތުރާއި ދެކުނު ގުރޫޕުގެ މަތީގައިވާ އޮރޯރާތައް ފެނެއެވެ. އަދި ދުނިޔެ ނިވާކޮށްފާނެ ފަދަ ބޮޑު އެނބުރޭ ތޫފާނެއް ކަމަށްވާ މަޝްހޫރު ގްރޭޓް ރެޑް ސްޕޮޓް އާއި އޭގެ ވިލާތައް ގިނަ އިރުގެ އަލި ރިފްލެކްޓް ކުރާތަން އެ ތަސްވީރުން ހުދުކުލައިން ފެނެއެވެ.

comment ކޮމެންޓް