ލޭވާކަޕް: ޖޯކޮވިޗްގެ މޮޅާއެކު ޔޫރަޕްގެ ޓީމް ކުރިއަށް

ޓިއާފޯ އާ ދެކޮޅަށް ޖޯކޮވިޗް ކުޅެނީ-- ފޮޓޯ/ ގެޓީ އިމޭޖް

މިހާރު ކުރިއަށްދާ ލޭވާ ކަޕް ޓެނިސް މުބާރާތުގައި ޖޯކޮވިޗް ކުޅުނު މެޗު ކާމިޔާބުކޮށް ޓީމް ޔޫރަޕް ކުރިއަށްޖެހިލައިފިއެވެ.

ލޭވާ ކަޕްގައި ރޭ ކުޅުނު ސިންގަލްސް މެޗުގައި ސާބިއާގެ ނޯވަކް ޖޯކޮވިޗް ހިމެނޭ ޔޫރަޕް ޓީމާ ވާދަކުރީ އެމެރިކާގެ ފްރަންސިސް ޓިއާފޯއެވެ. މިމެޗް ޖޯކޮވިޗް ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. މެޗުގެ ސެޓްތައް ޖޯކޮވިޗު ގެންގޮސްފައިވަނީ، ފުރަތަމަ ސެޓް 1-6 އަދި ދެވަނަ ސެޓް 3-6 އިން ނެވެ.

މިއީ މިއަހަރުގެ ޖުލައިމަހު ބޭއްވި ވިމްބަލްޑަން ޓެނިސް މުބާރާތަށްފަހު ޖޯކޮވިޗް ފެނިގެންދިޔަ ފުރަތަމަ މުބާރާތެވެ. ޖުލައިގެ ފަހުން ޓެނިހުގެ ވާދަވެރި އެއްވެސް މުބާރާތެއްގައި ޖޯކޮވިޗް ކުޅެފައެއް ނުވެއެވެ.

ކޮވިޑް ވެކްސިން ނުޖަހާތީވެ، ޖޯކޮވިޗަށް ވަނީ ޓެނިހުގެ ބައެއް މުބާރާތްތައް ގެއްލިފައެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް، އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ބައިވެރިވުމަށް ޖޯކޮވިޗް އޮސްޓްރޭލިއާއަށް ދިއުމުން ކޮވިޑް ވެކްސިން ނުޖަހާތީވެ، އޭނާ ވަނީ އެ ގައުމުން ޑީޕޯޓްކޮށްލާފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޖޯކޮވިޗް ބުނީ، ވޭތުވެ ދިޔަ ދުވަސްތަކުގައި ވާދަވެރި މެޗެއް ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް މެޗުގައި އެކަން އިހްސާސްނުވާކަމަށެވެ.

comment ކޮމެންޓް