ޗެކް ރިޕަބްލިކް ބަލިކޮށް ޕޯޗުގަލް އެއްވަނައަށް

ޕޯޗުގަލްގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ--- ފޮޓޯ/ ނޭޝަންސް ލީގު

ޔޫއެފާ ނޭޝަންސް ލީގުގައި ޗެކް ރިޕަބްލިކް ބަލިކޮށް ޕޯޗުގަލް އެއްވަނައަށް ޖެހިލައިފިއެވެ.

ސްޕެއިންގެ ލަ ރޯމާރެޑާ ސްޓޭޑިއަމްގައި ރޭ ޗެކް ރިޕަބްލިކްއާ ޕޯޗުގަލް ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ޕޯޗުގަލްއިންނެވެ. ނަމަވެސް ދެ ޓީމުގެ ފަރާތުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްފައެވެ.

އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ޑިއޭގޯ ޑެލޮޓް ވަނީ ގޯލެއް ޖަހައި ޕޯޗުގަލްއަށް މެޗުގެ ލީޑު ނަގައިދީފައެވެ. އެ ގޯލަކީ ރަފައެލް ލިއާއޯގެ އެހީތެރިކަމާއެކު އޭނާ ޖެހި ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލްއިން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މާރިއޯ ރުއި ހުރަސް ކޮށްދިން ބޯޅައެއްގެ ބޭނުންހިފައިގެން އެ ގޯލު ޖެހީ ބްރޫނޯ ފެނާންޑޭސްއެވެ.

ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ޕޯޗުގަލްއިން ވަނީ ތިން ވަނަ ގޯލު ޖަހައިފައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އެ ގޯލު ޖަހައިފައިވަނީ ޑެލޮޓްއެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ރޮނާލްޑޯ ބޮލުގައި ޖެހިފައި އައި ބޯޅަ ގޯލުގަ ތެރެއަށް ފޮނުވާލައިގެން ޑިއޭގޯ ޖޮޓާ ވަނީ ޕޯޗުގަލައަށް ހަތަރު ވަނަ ގޯލު ޖަހައިދީފައެވެ.

އެ ނަތީޖާއާއެކު މޮޅުވެ ޕޯޗުގަލް ވަނީ ނޭޝަންސް ލީގު އޭގެ ގްރޫޕް ދޭއްގެ އެއްވަނައަށް 10 ޕޮއިންޓާއެކު ޖެހިލައިފައެވެ. ދެވަނައިގައި ސްޕޭން އަށް ޕޮއިންޓާއެކު އޮތްއިރު މެޗުން ބަލިވި ޗެކް ރިޕަބްލިކް ހަތަރު ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. ހަ ޕޮއިންޓު ލިބިގެން ތިން ވަނައިގައި އޮތީ ސްވިޒަލެންޑެވެ.

comment ކޮމެންޓް