އައިއޯއެސްގެ އާ އަޕްޑޭޓާއެކު އައިފޯން 14ގެ ކެމެރާއަށް ދިމާވި މައްސަލަ ހައްލުކޮށްފި

އައިއޯއެސް 16.0.2 އަޕްޑޭޓާއެކު އާ އައިފޯން ޕްރޯ މޮޑެލްތަކަށް ކުރިމަތިވި ކެމެރާ ޝޭކް މައްސަލައަށް އެޕަލް އިން ހައްލު ހޯދައިދީފިއެވެ.

އެމެރިކާގެ ޓެކް ޖަޔަންޓް އެޕަލް އިން އައިފޯން 14 ޕްރޯ އަދި ޕްރޯ މެކްސް ސްމާޓްފޯނުގައި ބައެއް ޔޫޒަރުންނަށް ކުރިމަތިވަމުން އަންނަ ކެމެރާ ތެޅުމުގެ މައްސަލައަށް ހައްލެއް ގެނެސްފައިވާއިރު، އެ ހައްލު ހޯދައިދޭ އަޕްޑޭޓް އަންނަނީ އެޕަލްއިން އެ އަޕްޑޭޓް ރޯލްއައުޓް ކުރުމަށް ކުރިން ކުރި ޝެޑިއުލްގެ ކުރިންނެވެ.

ކެމެރާ ތެޅުމުގެ ނުވަތަ ޝޭކިން ކެމެރާގެ މައްސަލަ ދިމާވި ކަމަށް ބެލެވެނީ އައިފޯން 14 ޕްރޯ އާއި 14 ޕްރޯ މެކްސްގެ މައި ކެމެރާގައި ހުރި ދެވަނަ ޖީލުގެ ސެންސާ ޝިފްޓް އޯއައިއެސް ސިސްޓަމްގެ ސަބަބުންނެވެ. ބައެއް ޔޫޒަރުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެޕަލް ނޫން އެހެން ބައެއް ތާޑްޕާޓީ އެޕް ހުޅުވުމުން ކެމެރާ ގަދައަށް ތެޅުމާއި ތަފާތު އަޑުތައް އިވެއެވެ. އަދި މި އެޕްތަކަށް ކެމެރާ ބޭނުން ނުކުރެވޭ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެއެވެ.

އަލަށް ނެރުނު ކުޑަ އަޕްޑޭޓުން ހުރިހާ ޔުނިޓަކަށް އަސަރު ނުކުރި ނަމަވެސް އަޕްޑޭޓާއެކު އެހެން ފިކްސްތައް ވެސް ނެރުނެވެ. އައިއޯއެސް 16 އާއެކު އައި އާ ކޮޕީ/ޕޭސްޓް ޕްރޮމްޕްޓާ ގުޅިގެން ބައެއް ޝަކުވާތައް ހުރިއިރު، އެޕްތަކުގެ މެދުގައި ކޮންޓެންޓް ކޮޕީކޮށް ޕޭސްޓް ކުރުމުގެ ހުއްދައަށް އެދޭނެ ކަމަށާއި އޭގެ ފްރީކުއެންސީން ބައެއް ޔޫޒަރުންނަށް އުނދަގޫވާ ކަމަށް ޖީއެސްއެމް އެރީނާ އިން ރިޕޯޓްކޮށްފައިވެއެވެ.

އަދި އައިފޯން އެކްސް، އެކްސްއާރު، އަދި އައިފޯން 11ގެ ޑިސްޕްލޭ ބަދަލުކޮށްލިޔަސް ބައެއް ޔޫޒަރުންނަށް ރެސްޕޮންސިވް ޓަޗް އިންޕުޓްގެ މައްސަލަ ފާހަގަވި ކަމަށް ބެލެވޭ މައްސަލައެއް ވެސް މި އަޕްޑޭޓްގައި ހައްލުކޮށްފައިވެއެވެ.

ޖީއެސްއެމް އެރީނާގައިވާ ގޮތުން މިހާރު މި އަޕްޑޭޓް ދަނީ ސަޕޯޓްކުރާ ހުރިހާ އައިފޯނަކަށް ވެސް ތައާރަފް ކުރަމުންނެވެ. އަޕްޑޭޓް ހޯދުމަށްޓަކައި ސެޓިންގެ، ޖެނެރަލްއަށް ވަދެ އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓް ކޮށްލަން ޖެހެއެވެ.

comment ކޮމެންޓް