އެމޭޒަން އިން 99 ޑޮލަރުން ފެށިގެން ހެޔޮ އަގުތަކެއްގައި އާ ފަޔާ ޓެބްލެޓްތައް ވިއްކަނީ

އެމެޒޯނުގެ ފަހުގެ ޓެބްލެޓްތައް 99 ޑޮލަރުން ފެށިގެން ހެޔޮ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ.

އެމެޒޯނުން ނެރުނު "ފަޔާ 8" ޓެބްލެޓްތަކުގެ އެންމެ ފަހުގެ ވާޝަންތައް ބުދަ ދުވަހު އިއުލާންކޮށްފައި ވާއިރު، އަލަށް ނެރުނު "ފަޔާ އެޗްޑީ 8"، 99 ޑޮލަރަށް، ވިއްކާއިރި "ފަޔާ އެޗްޑީ 8 ޕްލަސް" ވިއްކަނީ 120 ޑޮލަރަށެވެ. އަދި ފަޔާ "އެޗްޑީ 8 ކިޑްސް" އަދި "ފަޔާ އެޗްޑީ 8 ކިޑްސް ޕްރޯ" ވެސް 150 ޑޮލަރަށް ވިއްކައެވެ.

ފަޔާ ޓެބްލެޓްތަކަކީ އެޕަލްގެ ޓެބްލެޓްތަކަށް ވުރެ އަގުހެޔޮ ޓެބްލެޓްތަކަށް ވިޔަސް ، އާމްދަނީގެ ބޮޑު ބައެއް ހާޑްވެއާއަށް ބަރޯސާވާ އެމޭޒަންގެ ޑިވައިސްތަކަކީ އެޕަލްއާ ހިލާފަށް އެލެކްސާ ވޮއިސް އެސިސްޓެންޓާއި މިއުޒިކާއި ފޮތްތަކާއި އެޕްތައް ފަދަ ހިދުމަތްތަކުގެ އިކޯސިސްޓަމްގެ ގޭޓްވޭއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޑިވައިސް ތަކެކެވެ.

އެމެޒޯންގެ ފަޔަރ އެޗްޑީ 8 ޓެބްލެޓް އިން ރޯސް – ފޮޓޯ: އެމެޒޯން

މި ހަތަރު ޓެބްލެޓް ވެސް ބުދަ ދުވަހުން ފެށިގެން ޕްރީއޯޑަރު ކުރެވޭއިރު، އަންނަ މަހު ޝިޕިން ކުރަން ފަށާނެ ކަމަށްވެއެވެ. އާ ޖީލުގެ "ފަޔާ 8" ޓެބްލެޓްތަކަކީ ކުރީގެ ވާޝަންތަކަށްވުރެ ތުނި، ލުއި އަދި ސްޕީޑް އަވަސް ޓެބްލެޓްތަކެއް ކަމަށް އެމެޒޯން އިން ބުނެއެވެ.

ސަތޭކަ ޑޮލަރުގެ "ފަޔާ އެޗްޑީ 8"، އޭގެ ކުރިން ނެރުނު ޑިވައިސްއަށްވުރެ 30 ޕަސެންޓް ސްޕީޑް ބާރެވެ. އެ ޑިވައިސްގައި 13 ގަޑިއިރުގެ ބެޓެރި ލައިފެއް ވާއިރު، މިއީ ކުރިން ބޭނުންކުރި ޑިވައިސްއަށް ވުރެ ގަޑިއެއްހާއިރުގެ ދިގު އިތުރުވުމެކެވެ. އަދި އޭގެއިތުރުން އެޑިވައިސްގައި ޔޫއެސްބީ-ސީ ޗާޖިން ހިމަނާފައިވާއިރު، ކުރިން ނެރުނު ވާޝަން ފަދައިން ފަހުގެ ޑިވައިސްވެސް ޗާޖް ކުރެވޭނީ ފަސް ގަޑިއިރުންނެވެ.

އަދި ޓަމްބަލް ޓެސްޓްތަކުން ދައްކާގޮތުން "އެޗްޑީ 8"، އައިޕެޑް މިނީއަށް ވުރެ ދެ ގުނަ ދިގު މުއްދަތަކަށް އިތުރަށް ޗާޖް ނުކޮށް ބޭނުންކުރެވެއެވެ.

ފަޔާ އެޗްޑީ ޕްލަސްގެ އަގު ދަނީ 30 ޑޮލަރުން މައްޗަށް އަރަމުންނެވެ. އެ ޑިވައިސް ތިން ގަޑިއިރު ތެރޭ ފުލް ޗާޖް ކުރެވޭއިރު، ބޭސް މޮޑެލްއަށް ވުރެ ހަލުވި ޕްރޮސެސަރެއް ވެސް އެކުލެވިގެންވެއެވެ. އަދި ވައިލެސް ޗާޖިންއަށް ވެސް ސަޕޯޓް ކުރާ މި ޕްލަސްގައި ފެންވަރު ރަނގަޅު ކެމެރާއެއް ވެސް ހިމެނެއެވެ.

ސަތޭކަ ފަންސާސް ޑޮލަރުގެ ފަޔާ އެޗްޑީ ކިޑްސް އަދި ކިޑްސް ޕްރޯއަށް އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން ލިބޭއިރު އެމެޒޯން ކިޑްސް+ ގައި ފޮތްތަކާއި އެޕްތަކާއި ގޭމްތައް ފަދަ ކޮންޓެންޓްތައް ހިމެނެއެވެ. އިތުރު 10 ޑޮލަރަށް އެމެޒޯނުން ޑިޒްނީގެ މިކީ އާއި ޕްރިންސެސް ކޭސްތައް ވެސް ދަނީ ވިއްކަމުނެވެ.

އާ ޑިވައިސްތައް ދައްކާލުމުގެ އިތުރުން އެމޭޒަން އިން ވަނީ އެ ކުންފުނީގެ ފީޗާ ޓެޕް ޓު އެލެކްސާ ފަޔާ ޓެބްލެޓްތަކުން ވެސް ލިބޭނެ ކަމަށް ބުނެފައެވެ. އެއީ ކަސްޓަމަރުންނަށް އަޑުގެ ބަދަލުގައި ޓަޗް މެދުވެރިކޮށް އެލެކްސާ ބޭނުންކުރެވޭނެ ގޮތް ހެދުމާއި، ސްޕީޗް އަދި މޮބިލިޓީ ޗެލެންޖްތައް ހުންނަ މީހުންނަށް އެކްސެސް ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

comment ކޮމެންޓް