ދިރާގުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ދުވާލަކު ހަތަރު ޖީބީ، 145 ރުފިޔާއަށް ލިބޭ ޕްލޭނެއް

ދިރާގުގެ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް 'ސަޅި ވީކްލީ' ޕްލޭނެއް އެކްޓިވޭޓްކޮށްލައިގެން ދުވާލަކު ހަތަރު ޖީބީ ޑެއިލީ ޑޭޓާ އެންމެ 145 ރުފިޔާއަށް ލިބޭ އާ އޮފާއެއް ނެރެފިއެވެ.

މި ޕްލޭންގެ ދަށުން އެއް ހަފްތާއަށް ކޮންމެ ދުވަހަކު ހަތަރު ޖީބީ، ޖުމްލަ 28ޖީބީ، ހޯދުމުގެ ފުރުސަތު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭނެއެވެ.

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ނުވަތަ 343 އަށް 'S1GB7' ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެން ވެސް މި އެޑް އޮން ނެގޭނެއެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް