މަރިޔަމް ޝަފީގު އަނެއްކާ ވެސް އެންސްޕާގެ ވެރިޔަކަށް

މަރްޔަމް ޝަފީޤު: އާސަންދައިން އަނެއްކާ ވެސް މިއަދު ވަނީ އެންސްޕާގެ ވެރިޔާގެ މަގާމަށް ބަދަލު ކުރައްވާފައި-- ފޮޓޯ: އެންއީއޯސީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސާގެ މަޤާމަށް، އާސަންދައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މަރްޔަމް ޝަފީޤު މިއަދު އައްޔަން ކުރައްވައިފިއެވެ.

އެންސްޕާގެ ސީއީއޯއަކަށް ހުންނެވި އިސްމާޢީލް އައްޒާމް ވަޖީހު، ބަދަލު ކުރެއްވީ އާސަންދައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ.

މި ބަދަލު ގެނައި ސަބަބެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.

މަރްޔަމް ޝަފީޤު މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ވަނީ އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސާގެ މަޤާމު ފުރުއްވާފައެވެ. އޭގެ އިތުރުން އެ އިދާރާގެ އިސް މަޤާމުތަކާއި ޞިއްޙީ ދާއިރާއާ އަދި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ.

އޭނާ އާސަންދައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މިސަރުކާރު އައި ފަހުން 2019 ވަނަ އަހަރުއެވެ.

މަރްޔަމް ޝަފީޤް ވަނީ ތައިލެންޑްގެ ޗުލަލޯންގްކޯން ޔުނިވާސިޓީން ހެލްތު އިކޮނޮމިކްސް ދާއިރާއިން މާސްޓާ ޑިގްރީ ހާސިލް ކުރައްވާފައެވެ.

comment ކޮމެންޓް