އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އިސްމާޢީލް އައްޒާމް ވަޖީހު، ހަމަޖައްސައިފިއެވެ.
އާސަންދައިގެ އެމްޑީކަމުގައި ކުރިން ހުންނެވީ މަރިޔަމް ޝަފީގެވެ. އޭނާ ބަދަލު ކުރެއްވީ އެންސްޕާގެ ސީއީއޯގެ މަގާމަށެވެ. އެ މަގާމުގައި މިއަދާ ހަމައަށް ހުންނެވީ އައްޒާމެވެ.
މަރިޔަމް ޝަފީގު އާސަންދައިގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
އައްޒާމް މިއަދާ ހަމައަށް ހުންނެވީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައެވެ.
ރާއްޖޭގެ އިޖްތިމާއީ އަދި ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ޓަކައި ސަރުކާރުން އާސަންދަ ކުންފުނި އުފެއްދީ 2011ވަނަ އަހަރުއެވެ.
އާސަންދަ ކުންފުންޏަކީ ދިވެހި ހުރިހާ ރައްޔިތުންނަށް އިންޝުރެންސްގެ ޚިދުމަތްދޭ ސަރުކާރު ކުންފުންޏެކެވެ.