ތަފާތު ކުޅިވަރުތަކާއެކު ވިލާއިން ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

ކުޑަކުދިންގެ ހަވީރެއްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ތަފާތުު ކުޅިވަރުތަކާއެކު ހުކުރު ދުވަހު ވިލާ ޓްރޭޑިން ކުންފުނިން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އެ ކުންފިނިން ބުނީ އެ ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިންނާއި ޒުވާނުން ގަޔާވާ އެކިކަހަލަ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށެވެ.

އެ ހަވީރުގެ ބޭނުމަކީ އެ ކުންފުނީގެ އެކްސްކުލޫސިވް ބްރޭންޑުތައް ޕްރޮމޯޓް ކުރުމަށާއި، އެ ކުންފުނިން ވިއްކާ، އެންމެ މަގުބޫލު އުފެއްދުންތަކުގެ ރަހަބަލާލުމުގެ ފުރުސަތު ދިނުން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެ ކުންފުނިން ޕްރޮމޯޓުކުރާ ޕްރޮޑަކްޓުތަކުގެ ތެރޭގައި ގާޑެން ބްރޭންޑުގެ ޖޭމާއި ފެނާ ބްރޭންޑުގެ ޖޫސް ހިމެނެއެވެ.

ވިލާއިން ބުނީ ގާޑަން ބްރޭންޑުގެ ޖޭމަކީ އޯގެނިކް ބްރޭންޑެއްގެ އިތުރުން ތަފާތު މޭވާގެ ރަހަތައް އެކުލެވޭ ޖޭމެއްކަމަށެވެ. އެ ބްރޭންޑުގެ ތަފާތު ރަހަތަކުގެ ތެރޭގައި އާފަލު، ސްޓްރޯބެރީ، އެޕްރިކޮޓް، ޗެރީ، އޮރެންޖް އަދި ޕީޗް ހިމެނެއެވެ. އެ އޯގެނިކް ޖޭމަކީ ގުދުރަތީ ފައިބަރު، ވިޓަމިންސް، މިނަރަލްސް އަދި އެމިނޯ އެސިޑާއި އެހެނިހެން ނިއުޓްރިއެންޓްތައް ހިމެނޭ ޖޭމެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ފެނާއަކީ ޖޫސް ތައްޔާރުކުރާ އޮސްޓްރިއާގެ ބްރޭންޑެކެވެ. އަށާރަސަތޭކަ ފަންސާސްހަ ވަނަ އަހަރުން ފެށިގެން އުފައްދަމުންދާ އެ ޖޫހަކީ ސިއްހަތަށް ފައިދާހުރި ޖޫހެއްކަމަށް ވިލާއިން ބުނެއެވެ. އެ ޖޫހަކީ ހަމައެކަނި ވިލާއިން އެތެރެކުރާ ޖޫހެއްކަމަށާއި، އެ ޖޫހަކީ ޔޫރަޕްގައި މަތީ ފަންތީގެ ޖޫހެއްކަމަށް އެ ކުންފުނިން ބުންޏެވެ.

ވިލާއިން ބުނީ އެ ކުޑަކުދިންގެ ހަވީރުގައި އެ އުފެއްދުންތަކުގެ ރަހަބަލައި އެ އުފެއްދުންތައް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބޭނެކަމަށެވެ.

comment ކޮމެންޓް