އިޓަލީގެ ދެވަނަ ޑިވިޝަންގެ ކްލަބް ބެންވެންޓޯގެ ކޯޗަކަށް ކަންނަވާރޯ

ފަބިއޯ ކަންނަވާރޯ---

އިޓަލީގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ ޓީމުގެ ކެޕްޓަން ފަބިއޯ ކަންނަވާރޯ އިޓަލީގެ ދެވަނަ ޑިވިޝަންގެ ކުލަބެއްކަމަށްވާ ބެންވެންޓޯގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

އިޓަލީއަށް ވޯލްޑުކަޕް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދިން ކަންނަވާރޯ އަކީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑަށާއި، ޔުވެންޓަސް އަދި އިންޓަމިލާނަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ ރިޓަޔާކޮށްފައި ވަނީ 2011 ވަނަ އަހަރުއެވެ.

ކަންނަވާރޯ ކޯޗިން ދާއިރާއަށް ނިކުމެފައިވަނީ 2013 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކުލަބެއްކަމަށްވާ އަލް އަހްލީގެ އެސިސްޓެންޓް ކޯޗުގެ މަގާމުންނެވެ.

އަލް އަހްލީގައި އެއް އަހަރު ދުވަހު މަސައްކަތް ކުރުމަށްފަހު ކަންނަވާރޯ ބަދަލުވެފައިވަނީ ޗައިނީސް ސުޕަ ލީގަށެވެ. ދެހާސް ސާދަ ވަނަ އަހަރު ގުއަންޒޫގެ ކޯޗުކަމުގައި ހުރުމަށްފަހު ސައުދީގެ އަލް ނަސްރުގެ ކޯޗަކަށް 2015 ވަނަ އަހަރު އޭނާ ވަނީ ހަމަޖައްސާފައެވެ.

ދެހާސް ސޯޅަ ވަަނަ އަހަރު އެ މަގާމުގައި މަސައްކަތް ކުރުމަށްފަހު އޭނާ ވަނީ ޗައިނާގެ ގުއަހަރު ޓިއާންޖިން ޓިއާންހައި އެފްސީގެ ކޯޗު ކަމާ ހަވާލުވެފައެވެ. އެ ކުލަބުގައި މަސައްކަތް ކުރުމަށްފަހު ކަންނަވާރޯ ވަނީ އެނބުރި ގުއަންޒޫއަށް ބަދަލުވެފައެވެ. އެ ކުލަބުގައި މިދިޔަ އަހަރާ ހަމައަށް މަސައްކަތް ކުރިއިރު އޭނާ ވަނީ 2019 ވަނަ އަހަރުގެ ދުވަސް ކޮޅަކު ޗައިނާގެ ގައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދީފައެވެ.

ކަންނަވާރޯ ބަދަލުވި ބެންވެންޓޯއަކީ 2020/21 ވަނަ ސީޒަނުގައި ސެރިއޭ ކުޅުނު ޓީމެކެވެ. ނަމަވެސް އެ ސީޒަނުގައި އެ ޓީމު ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ.

comment ކޮމެންޓް