ބޭރަށް ފައިސާ ފޮނުވައިގެން ރިސޯޓަކަށް ދިޔުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި

ބީއެމްއެލްއިން ވަނީ ރާއްޖެއަށް ބޭރަށް ފައިސާ ފޮނުވައިގެން އިނާމު ހޯދުމުގެ ފުރުސަތު ދޭ ޕްރޮމޯޝަނެއް ފަށާފަ -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް އެ ބޭންކުން މިއަދު ފަށައިފިއެވެ.

އެ ޕްރޮމޯޝަންގައި އެ ހިދުމަތް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށެވެ.

އެހެންކަމުން އެ މުއްދަތުގައި ބީއެމްއެލް މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވާ ކޮންމެ މީހެއްގެ ނަން އެ ޕްރޮމޯޝަނަށް އިތުރު ކުރެވޭނެއެވެ.

އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ދެ ހަފުތާއަކު ގުރުއަތުން ހޮވޭ މީހަކަށް އައިފޯން 13 ޕްރޯއެއް ދޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ މީހަކަށް، އިތުރު މީހަކާއެކު ލަގްޒަރީ ރިޒޯޓަކަށް ދިޔުމުގެ ފުރުސަތު ލިބޭނެއެވެ. އެ ދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ބީއެމްއެލްއިންނެވެ.

އެ ޕްރޮމޯޝަންގެ ދަށުން އިނާމު ލިބޭ މީހުންގެ މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުގައި ޝާއިއު ކުރާނެއެވެ. އަދި ގުރުއަތުން ހޮވޭތާ ފަސް ދުވަހުގެ ތެރޭގައި އިނާމާ ހަވާލުނުވެއްޖެ ނަމަ، އެ އިނާމު ދިނުމަށް އަނެއްކާވެސް ގުރު ނަގާނެއެވެ.

އެ ޕްރޮމޯޝަނާ ގުޅުން ހުރި އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް