ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހެއްގެ ކިޑްނީ ތޮރުފައިގެން ހިލަތައް ނަގައިފި

ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުމަށް އައިޖީއެމްއެޗުގައި އޮޕަރޭޝަން ކުރަނީ -- ފޮޓޯ/ އައިޖީއެމްއެޗް

ރާއްޖޭގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް މީހެއްގެ ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.

ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުމުގެ ކާމިޔާބު އޮޕަރޭޝަން ކޮށްފައިވަނީ ދައުލަތުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުންނެވެ.

މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިއަދުކުރި މި އޮޕަރޭޝަނަކީ ދިވެހި ޑޮކްޓަރުންގެ ޓީމަކުން އަލަށް ރާއްޖޭގައި ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަން ކަމަށެވެ.

މި އޮޕަރޭޝަން ކުރުމުގައި އެންމެ އިސްކޮށް ހުންނެވީ، ޔޫރޮޖީގެ ދިވެހި ޑޮކްޓަރުންކަމަށްވާ ޑރ. އަބްދުﷲ އަދްސަރު އާއި ޑރ. އިބްރާހީމް މިސްބާހުއެވެ. މި އޮޕްރޭޝަން ކުރިއަށް ގެންދެވުނީ ހޭނައްތާ ޑޮކްޓަރުންނާއި ތިއޭޓަރު ނަރުހުންގެ ބައިވެރިވުމާއެކު ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

comment ކޮމެންޓް