ބިދޭސީ މީހާގެ މޫނަށް ހެރުނު ދަގަނޑު ނަގައިފި، އަދިވެސް އޮތީ އައިސީޔޫގައި

ބިދޭސީއަކު ހަދަމުންދާ އިމާރާތެއްގައި މަސައްކަތްކުރަނީ -- ސަން ފައިލް ފޮޓޯ

ހެންވޭރުގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ދަގަނޑެއް ވެއްޓި، މޫނަށް ހެރުނު ބިދޭސީ މީހާގެ ހަށިގަނޑުން އެ ދަގަނޑު ނަގާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިރޭ ބުނެފިއެވެ.

ވެއްޓުނު ދަނގަޑު ބިދޭސީ މީހާގެ ނޭފަތާ ދިމާލު މޫނުން ފެށިގެން އެތެރެއަށް ވަދެފައިވާއިރު، އެމީހާއަށް ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

އޭޑީކޭގެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް "ސަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަކުން އަށް ގަޑިއިރު ހޭދަކޮށްގެން ކުރި ސާޖަރީއަކަށްފަހު، އެމީހާގެ އެތެރެހައްޓަށް ވަދެފައި ހުރި ތިން ފޫޓު ވަރުގެ ދަގަނޑު މިހާރު ނަގާފައިވާ ކަމަށެވެ. އެކަމަކު ޚާއްސަ ސަމާލުކަމެއް ދީގެން އަދިވެސް ބަލަންޖެހޭތީ އެމީހާ މިވަގުތު ބާއްވާފައި އޮތީ އައިސީޔޫގައި ކަމަށް އައްފާލް ވިދާޅުވިއެވެ.

ބިދޭސީ މީހާގެ މޫނަށް ދަގަނޑު ހެރެން މެދުވެރިވީ އެ އިމާރާތުގެ ހަތް ވަނަ ބުރިއަށް ދަގަނޑުތަކެއް އަރުވަން އުޅުމުގެ ތެރޭގައި ދިމާވި ކަމަކުންނެވެ.

comment ކޮމެންޓް