ކެނަބިސް ޓްރެފިކްކުރުމުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ

ކެނަބިސް ޓްރެފިކްކުރުމުގެ މައްސަލައިގައި ފުލުހުން ހޯދާ އިބްރާހިމް އިރުފާން، އަދި އުޝާން އަދުނާން -- ފޮޓޯ/ ޕޮލިސް

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން މިހާތަނަށް ކޯޓަށް ހާޒިރު ކުރެވިފައިނުވާ ދެ މީހަކު ހޯދުމަށް އެމީހުންގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފިއެވެ.

އެ މައްސަލައިގައި ހޯދަން ބޭނުން ވެގެން ފުލުހުން ވަނަވަރު އާއްމުކުރި ދެމީހުންނަކީ އިބްރާހިމް އިރުފާނު، ތ. ވިލުފުށި، ހައިވަކަރުގެ، 21، އާއި ދަފްތަރު ނަންބަރު ދރ. 521، މާލެ، 26،އެވެ.

ފުލުހުން ބުނީ އެމީހުން ހޯދަނީ ބަންދުގައި ބަހައްޓައިގެން ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ. އެހެންކަމުން އެ ދެމީހުން ހޯދުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރަމުން އަންނަ ކަމަށް ފުލުހު ބުންޏެވެ.

އެމީހުން ހާޒިރުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ 14:00އަށް އެ ދެމީހުން ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.

ހޯދާ ދެމީހުންނާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ، ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

comment ކޮމެންޓް