އާ އަޕްޑޭޓްތަކަކާއެކު ރަދީފް ވެބްސައިޓް އިފްތިތާހުކޮށްފި

ދިވެހިބަހުގެ ރަދީފް ވެބްސައިޓް

އާ އަޕްޑޭޓްތަކާއެކު ދިވެހިބަހުގެ ރަދީފްގެ ވެބްސައިޓް އިފްތިތާހުކޮށްފިއެވެ.

ދިވެހިބަހުގެ ރަދީފު އައިފޯނަށާއި އެންޑްރޮއިޑާއި އައިޕެޑުގެ އިތުރުން ޓެބްލެޓަށް ވެސް ލިބޭނެ ގޮތަށް ވަރަށް ފަހުން ވަނީ ހަދާފައެވެ.

މީގެކުރިން ވެސް ރަދީފްގެ ވެބްސައިޓެއް ހުރެއެވެ. ނަމަވެސް މިހާރު ބޭނުންކުރާ ރަދީފް އެޕްގަ ހުންނަ އަޕްޑޭޓްތައް ވެބްސައިޓުގައި ނުހުރެއެވެ. އަލުން އެ ވެބްސައިޓް އިފްތިތާހުކުރީ އެންމެ ފަހުގެ އަޕްޑޭޓްތައް ހިމަނައިގެންނެވެ.

ރަދީފް އެޕް ފަރުމާ ކޮށްފައިވަނީ ދިވެހި ވަންތަ އަދި އެ އެޕްގެ ޒަރިއްޔާއިން އެޕް ބޭނުންކުރާ މީހުންނަށް އިތުރު މައުލޫމާތާއި އެހީތެރިކަން ވެސް ލިބޭނެ ފަދަ ގޮތަކަށެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނީ މިހާރު ރަދީފް ވެބްސައިޓު ފެންނާނީ ރަދީފްގެ އެޕްގައި ހުންނަ ގޮތަށް ކަމަށެވެ.

އެ އެޕާއި ވެބްސައިޓުގެ ބޭނުމަކީ ރަދީފު އެޕާއި ވެބްސައިޓުގެ ބޭނުން ހިފައި، ހުރިހާ އުމުރު ފުރައެއްގެ މީހުން ވެސް ދިވެހިބަހާއި ރައްޓެހި ބަޔަކަށް ހެދުން ކަމަށް ދިވެހިބަހުގެ އެކެޑަމީން ބުންޏެވެ.

comment ކޮމެންޓް