ޖޮނީ ޑެޕާއި އެމްބާ ހާޑްގެ މައްސަލައަށް ފިލްމެއް

ޖޮނީ ޑެޕް އާއި އެމްބާ ހާޑް: އެ ދެ ތަރިންގެ ގެވެށި އަނިޔާގެ މައްސަލަގަނޑަށް ފިލްމެއް ހަދަން ވަނީ ނިންމައިފަ --

ހޮލީވުޑް ތަރިން ޖޮނީ ޑެޕް އާއި އެމްބާ ހާޑްގެ ގެވެށި އަނިޔާގެ މައްސަލަގަނޑަށް ފިލްމެއް ހަދަން ނިންމައިފިއެވެ.

ދެ މަހަށް ކޯޓުގައި ކުރިއަށްދިޔަ އެ މައްސަލައަކީ، ދެ ތަރިން ވެސް ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ހިންގި ކަމަށް ބުނާ ގެވެށި އަނިޔާގެ އަމަލުތަކާ ގުޅުވައި ދެއްކި ވާހަކަތަކަކާ ގުޅުވައިގެން އެކަކު އަނެކަކުގެ މައްޗަށް ކުރި އަބުރުގެ ދައުވާގެ މައްސަލައެކެވެ. އެ މައްސަލަ އެންމެ ފަހުން ކާމިޔާބުވެފައިވަނީ ޑެޕަށެވެ.

އެ މައްސަލައިގެ ކޯޓު މަރުހަލާ ދައްކުވައިދޭ ގޮތަށް އުފައްދާ ފިލްމުގައި ޑެޕްގެ ރޯލުން ފެންނާނީ މާކް ހަޕްކާ އެވެ. އެމްބާގެ ރޯލުން ފެންނާނީ މޭގަން ޑޭވިސްކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި، ގިނަ ބަޔެއްގެ ލޯތްބާއި މަގުބޫލުކަން ހޯދި ޑެޕްގެ ވަކީލު ކެމިލް ވަސްކޭޒްގެ ރޯލުން ފެންނާނީ "ސްޓޭޝަން 19"ގެ ތަރި މެލިސާ މާޓީއެވެ. އެމްބާގެ ވަކީލު އިލިއަން ބްރެޑްހޯފްޓްގެ ރޯލުން ފެންނާނީ "ލޯ އެންޑް އޯޑާ ޓްރޫ ކްރައިމް"ގެ ތަރި މެރީ ކެރިގްއެވެ.

ޑެޕްގެ ރޯލުން ފެންނަ މާކް ހަޕްކާ (ވ)

ގައި ނިކޮލޫޝީ ލިޔެ، ސާރާ ލޯމަން ޑައިރެކްޓުކުރާ 'ހޮޓް ޓޭކް: ދަ ޑެޕް/ހާޑް ޓްރަޔަލް' ފިލްމު ސްޓްރީމް ކުރެވޭ ގޮތަށް ހަމަޖައްސާފައި ވަނީ ފޮކްސްގެ ޓޫބީ ސްޓްރީމިން ސާވިސްއިންނެވެ.

ހަބަރުތައް ބުނާ ގޮތުން މި ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް އަވަހަށް ނިންމާލީ އެއީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު މައްސަލައަކަށް ވެފައި ސެލެބްރިޓީ ޑްރާމާއަކީ ގިނަ ބަޔަކު ބަލަން ކޮންމެހެންވެސް ބޭނުންވާ ޖޯންރާއަކަށް ވާތީއެވެ.

އެމްބާގެ ރޯލުން ފެންނަ މެގަން ޑޭވިސް (ވ)

ޑެޕް-އެމްބާ ކޭސް އަކީ މި ފަހުން ހިނގި، ހޮލީވުޑްގެ އެންމެ މައްސަލަ ބޮޑުވި އެއް ކޭސްއެވެ. ގިނަ ދުވަސްތަކަކަށް ދެމިގެން ގޮސް، މި ކޭސް ޑެޕް އާ އެއްކޮޅަށް ނިމުނު އިރު ޑެޕްއަށް ވަނީ އިހުނަށް ވުރެ ބޮޑު މަޝްހޫރުކަމެއްވެސް ލިބިފައެވެ.

މި ދެތަރިން ގުޅުނީ އެކުގައި ކުޅުނު ފިލްމު 'ދަ ރަމް ޑައިރީ'ގެ ސެޓުން 2011 ވަނަ އަހަރުއެވެ. އަދި ކައިވެނީ ކުރީ 2015ވަނަ އަހަރުއެވެ.

comment ކޮމެންޓް