ރާއްޖޭގެ އެންމެ ބޮޑު އެއް އިލްމީ ކޮންފަރެންސް އައިޔޫއެމްގައި ފަށައިފި

"އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އައިޔޫއެމް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އިލްމީ ކޮންފަރެންސް ކަމުގައިވާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި މިއަދު ފެށިގެން ކުރިއަަށް އެބަދެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސް ފެއްޓުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕްލޭނިން މިިނިސްޓަރު މުޙައްމަދު އަސްލަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި، އިލްމީ އާ ހޯދުންތަކެއް ހޯދަން ޖެހޭ ކަމަށެވެ.

"މިއަދު ދުނިޔޭގައި މުސްލިމުންގެ އާބާދީ އަކީ 1.3 ބިލިއަން. އެކަމަކު ސައިންސްގެ ރޮނގުން ނޯބަލް އިނާމު ހާސިލްކޮށްފައިވާ މީހުންގެ ތެރޭގައި މުސްލިމުންގެ ނިސްބަތް އެއް ޕަސެންޓަށް ވެސް ނާރާ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އައިޔޫއެމް

މި ކޮންފަރެންސުގައި ޖުމްލަ ހަތަރު ތީމެއްގެ ދަށުން 48 ޕޭޕަރު ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ޕޭޕަރު ހުށަހެޅުމަށް ހަމަޖެހިފައިވާ ތީމް ތަކަކީ:

  • ސޯޝަލް ސައިސަންސް، ހިއުމޭނިޓީސް އަދި ތައުލީމު
  • ގުރުއާނުގެ ޢިލްމު އަދި ޝަރީއާ އެންޑް ލޯ
  • ޓޫރިޒަމް، ތިމާވެށި އަދި ޓެކްނޮލޮޖީ
  • މެނޭޖްމަންޓް، ވިޔަފާރި، އިގްތިސާދު، އެކައުންޓިން، ފައިނޭންސް އަދި ބޭންކިން

"އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އައިޔޫއެމް

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން، މިއަހަރު ވެސް ބޭރުގެ މަޝްހޫރު ތިން ޢިލްމުވެރިޔަކު ކީނޯޓް ތަގުރީރުދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި ފަހަރު ތަގުރީރުކުރަން ހަމަޖެހިފައިވާ ބޭފުޅުންނަކީ؛

  • ޕްރޮފެސަރު ޑރ. މުޙައްމަދު ދާވޫދު ބަކަރް، މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ރައީސް އަދި އެގައުމުގެ ސެންޓްރަލް ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ ޗެއާމަން
  • ޕްރޮފެސަރު ޑރ. ދާވޫދު އަބްދުލްމަލިކް، ޔަމަނުގެ ސަންއާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މުއައްސިސް އަދި ކުރީގެ ރައީސް
  • ޕްރޮފެސަރު ޑރ. މުހައްމަދު ޒިއާއުލް ހައްގު، ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ އިސްލާމިކް ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް

ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ބާއްވަމުން އަންނަ މި ކޮންފަރެންސް މިދިޔަ ދެ އަހަރު ކޮވިޑާ ގުޅިގެން ބާއްވާފައިވަނީ ހައިބްރިޑްކޮށެވެ.

comment ކޮމެންޓް