ބްލޭކް ލައިވްލީ 4 ވަނަ ދަރިއަކަށް ބަލިވެ

ގޮސިޕް ގާލް އިން މަގުބޫލުކަން ހޯދި ތަރި، ބްލޭކް ލައިވްލީ ހަތަރު ވަނަ ދަރިއަކަށް ބަލިވެ އިންކަން ހާމަވެއްޖެއެވެ. ބްލޭކް އާއި އޭނާގެ ފިރިމީހާ ރްޔާން ރޭނޮލްޑްސް އެކުގައި ފެނުނީ، 10ވަނަ އަހަރީ 'ފޯބްސް ޕަވަރ ވުމަން ސަމިޓް' އަށް ދެ ތަރިން އެކުގައި ދިއުމުންނެވެ. ވެލިފޮތިން ޖަރީކޮށްފައި ހުރި ހެދުމުގައި ބްލޭކް ފެނުނުއިރު ގިނަ ފޭނުންނަށް އޭނާގެ 'ބޭބީ ބަމްޕް' ފާހަގަވީ މި ހަފްލާގެ ތެރެއިންނެވެ.

ބްލޭކް އާއި އޭނާގެ ފިރިމީހާ އަށް ތިން ކުދިން ލިބިފައިވާއިރު، މިއީ ހޮލީވުޑްގައި ގިނަ ބަޔަކު ލޯބިކުރާ ސަޕޯޓް އޮންނަ ޕަވަރ ކަޕުލް އެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ދެތަރިންނެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބްލޭކްގެ ފިރިމީހާ، 'ޑެޑްޕޫލް'ގެ ތަރި ރްޔާން ބުނީ، އެކްޓިންގ އިން އޭނާ ބްރޭކް އެއް ނަގާ ކަމަށާއި، ދަރިންނާއެކު ވަގުތު ހޭދަކުރުމަކީ މުހިއްމު ކަމެއްކަން އެނގޭ ކަމަށެވެ. އަދި އެ ސަބަބަށް ބްރޭކް އެއް ނެގުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ދެކޭ ކަމަށް ބުނެފައިވެއެވެ.

ބްރޭކް އާއި ރްޔާން ދަރިންނާއެކު--

"ދަރިންނާއެކު ހޭދަކުރަން ލިބޭ ވަގުތު ގެއްލުވާލާކަށް ބޭނުމެއް ނޫން" ބްލޭކް ދިން އިންޓަވިއުގައި ބުނެއެވެ.

އޭނާ އިތުރަށް ބުނިގޮތުގައި، ދިރިއުޅެން ބޭނުންވަނީ 'ނޯމަލް ލައިފް އެއް' ކަމަށާއި، އޭނާގެ ދަރިންނަށް ނޯމަލް ޝެޑިއުލް އެއްދޭން ބޭނުންވާ ކަމަށެވެ. އަދި، އެ ދެ ތަރިންވެސް މަސައްކަތް ކުރަމުންއައީ އެ ކަން ކުރެވޭތޯ ކަމަށް ބުންޏެވެ. އެގޮތުން، ބްލޭކް ފިލްމެއްގެ ޝޫޓިންގައި މަސައްކަތްކުރާނަމަ ރްޔާން އެދެމަފިރިންގެ ދަރިން ގާތު ހުންނަ ކަމަށާއި، ރްޔާން ދާންޖެހިއްޖެ ނަމަ ބްލޭކް ހުންނަ ކަމަށެވެ.

ދަރިން ސްކޫލަށް ގެންދިއުމާއި ދަރިންގެ ކަންކަން ކުރުމަށް ލޯބިކުރާ ކަމަށް ރްޔާންގެ އިންޓަވިއުގައި ބުނެއެވެ.

މިދެތަރިން އެކުގައި ފެންނަން ފެށީ 2010 ވަނަ އަހަރު ނެރުނު 'ގްރީން ލެންޓާން' ފިލްމަށް ފަހުއެވެ. އަދި 2012 ވަނަ އަހަރު މި ދެ ތަރިން ވަނީ ކައިވެނިކޮށްފައެވެ.

comment ކޮމެންޓް