ސަބްމެރިންގެ ގޭސް ސިލިންޑަރު ގޮވައިފި، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ

ވޭލް ސަބްމެރިން

ވޭލް ސަބްމެރިންގެ ހަތަރު ގޭސް ސިލިންޑަރު ގޮވައި މިރޭ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ވިލިމާލެއާ ދިމާލުން ބާރު އަޑެއް ގޮވި ކަމަށް މާފަންނު ފުލުހުންނާއި އައިޖީއެމްއެޗްގައި ހަރަކާތްތެރިވާ ސްޕެޝަލް ކޮންސްޓަބިއުލަރީގެ ފުލުހުން މިރޭ 21:10 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން އިތުރަށް ބެލިބެލުމުން ވިލިމާލެއާ ދިމާ ބޭރުގައި އޮތް ސަބްމެރިންގެ ހަތަރު ގޭސް ސިލިންޑަރު ގޮވާފައިވާކަން އެނގުނު ކަމަށެވެ.

ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ވޭލް ސަބްމެރިންގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށެވެ. އަދި ކުރިއަށް ދެ ދުވަސްތެރޭ ސަބްމެރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް