ގޫގުލް ޓެބްލެޓް އޮންލައިންކޮށް ވިއްކަން ހާއްސަ ސްޓޯރެއް

ގޫގުލްގެ ޓެބްލެޓް އޮންލައިންކޮށް ވިއްކުމަށް ހާއްސަ ސްޓޯރެއް ވަރަށް އަވަހަށް ގާއިމުކުރާނެކަމަށް ރިޕޯޓްތަކުން ހާމަކޮށްފިއެވެ.

ވޯލްސްޓްރީޓް ޖަރނަލްގައިވާ ގޮތުން އެ ސްޓޯރުން ގޫގުލް ބްރޭންޑެޑް ޓެބްލެޓްސްގެ އިތުރުން ސަމްސަންގ އާއި އަސުސްގެ މޮޑެލްތައް ވެސް ވިއްކާނެއެވެ. މިއީ އެޕަލް އިން ކޮންޓްރޯލް ކުރަމުންދާ ޓެބްލެޓް ސެކްޓަރގެ ބާޒާރު އަތުލުމަށް އަޅާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިކަމާ މެދު އަދި އެއްވެސް އެއްޗެއް ބުނަން ގޫގުލް އިން ވަނީ އިންކާރުކޮށްފައެވެ.

ގޫގުލް އިން ވަނީ އެމީހުންގެ ފުރަތަމަ އޮންލައިން ހާޑްވެޔަރ ސްޓޯރުން އެންމެ ފުރަތަމަ އެންޑްރޮއިޑް ފޯން، ދަ ނެކްސަސް ވަން 2010 ވަނަ އަހަރުގެ ކުރީކޮޅު ވިއްކާފައެވެ. އެހެން ނަމަވެސް 2010 ވަނަ އަހަރުގެ މެދުތެރޭގައި ގޫގުލްއިން ވަނީ އޮންލައިން ސޭލްސް މެދު ކަނޑައިލައިފައެވެ.

ގޫގުލް ޓެބްލެޓް އޮންލައިންކޮށް ވިއްކަން ތައްޔާރުވަމުންދާއިރު މި ގިންތީގެ ތަފާތު އުފެއްދުންތައް އަންނަނީ ބާޒާރަށް ނުކުންނަމުންނެވެ. މިއީ ގޫގުލްއަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާނެ ކަމަށް ގަބޫލުކުރެވެއެވެ. މި ގޮތުން އެމޭޒަންގެ ކިންޑްލް އީ ރީޑަރ އާއި 2012 ވަނަ އަހަރު އޮކްޓޯބަރު މަހު ލޯންޗު ކުރުމަށް ހަމަޖެހިފައިވާ މައިކްރޯސޮފްޓް ވިންޑޯވްސް 8 ހިމެނެއެވެ. މައިކްރޯސޮފްޓް ވިންޑޯވްސް 8 އަކީ ޓަޗް ސްކްރީނަށް އޮޕްޓިމައިޒް ކުރެވިފައިވާ އޮޕަރޭޓިންގ ސިސްޓަމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު