އެލްވިސް ޕްރެސްލީގެ ބަޔޯޕިކްއަށް ތަރިން ކާސްޓުކޮށްފި

އެލްވިސްގެ ރޯލަށް ކާސްޓުކުރި ޖެކޮބް (ވ) އާއި ކެއިލީ

އެލްވިސް ޕްރެސްލީގެ އާ ބަޔޯޕިކް ފިލްމަށް ތަރިން ކާސްޓުކޮށް އިއުލާންކޮށްފިއެވެ.

މި ފިލްމަކީ އެލްވިސްގެ އަންހެނުން ޕްރިސަލާ ޕްރެސްލީ އޭނާގެ ހަނދާނުގައި 1985 ވަނަ އަހަރު ނެރުނު ފޮތް "އެލްވިސް އެންޑް މީ" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

މި ފިލްމުގައި އެލްވިސްގެ ރޯލުން ފެންނާނީ 'ޔޫފޯރިއާ' ސީރީޒް އިން މަގުބޫލުކަން ހޯދި ތަރި، ޖެކޮބް އެލޯޑީ އާއި ކެއިލީ ސްޕެއިނީއެވެ. ފިލްމުގެ ޝޫޓިންގެ މަސައްކަތް ޓޮރޮންޓޯގައި މިއަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

'ޕްރިސިލާ' ފިލްމު ލިޔެ ޑައިރެކްޓުކުރަނީ ސޯފިއާއެވެ. މީގެ އިތުރުން ޔޫރީ ހެންލީ އާއި ދަ އެޕާޓްމަންޓްގެ ލޮރެންޒޯ މިއެލީ އާއި ފްރީމަންޓަލް ކޮމްޕެނީ އަދި އެމެރިކަން ޒޮއެޓްރޯޕް އާއެކު މި ފިލްމު ޕްރޮޑިއުސްވެސް ކުރަން ހަމަޖެހިފައި ވަނީ ސޯފިއާއެވެ.

އެލްވިސްގެ ހަޔާތުގެ މައްޗަށް މީގެ ކުރިންވެސް ވަނީ އެކި ބަޔޯޕިކްސް ނެރެފައެވެ. އެންމެ ފަހުން ނެރުނީ، ބޮކްސް އޮފީހުގައިވެސް މަގުބޫލުކަން ހޯދި ބަޒް ލާމަންގެ 'އެލްވިސް' އެވެ.

މި ފިލްމުގައި އެލްވިސްގެ ރޯލުން ފެނުނީ އޯސްޓިން ބަޓްލާ އެވެ. އަދި ޕްރިސިލާގެ ރޯލުން އޮލިވިއާ ފެނުން އިރު އެލްވިސްގެ އާއިލާއިން ވަނީ މި ފިލްމަށް ތައުރީފްކޮށްފައެވެ. މި ފިލްމު އެޗްބީއޯ މެކްސް އިން މިހާރުވެސް ސްޓްރީމް ކުރެވެއެވެ.

'ކިންގް އޮފް ރޮކް އެންޑް ރޯލް'ގެ ގޮތުގައި މަޝްހޫރުކަން ހޯދި އެލްވިސް ޕްރެސްލީ އަކީ، 20ވަނަ ގަރުނުގެ އައިކޮން އެކެވެ. ލަވަކިޔުންތެރިޔާ މަރުވީ 1977 ގައި ހާޓްއެޓޭކެއް ޖެހިގެނެވެ.

comment ކޮމެންޓް