މެރިއާނާ އަތުން ސީރިއާ ފަސޭހަކަމާއެކު މޮޅުވިއިރު، ބޫޓާން އަތުން ބަންގްލަދޭޝްއަށް މުހިއްމު މޮޅެއް

އޭއެފްސީ ކަޕް 20 އަހަރުން ދަށުގެ ކޮލިފައިނުގައި ސީރިއާ އާއި ނޯދަން މެރިއާނާ އައިލެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭއެފްސީ

އޭޝިއަންކަޕް 20 އަހަރުން ދަށުގެ ކޮލިފައިންގައި މިރޭ، ސީރިއާ އާއި ނޮދަން މެރިއާނާ އައިލެންޑްސް ބައްދަލުކުރި މެޗު ތަފާތުބޮޑު ނަތީޖާއަކުން ސީރިއާ ކާމިޔާބުކުރިއިރު، ބަންގްލަދޭޝް އާއި ބޫޓާން ބައްދަލުކުރި މެޗު ބަންގްލަދޭޝް ކާމިޔާބުކޮށްފިއެވެ.

ގްރޫޕް ޑީ ގައި މެރިއާނާ އައިލެންޑްސް އާއި ސީރިއާ ބައްދަލުކުރި މެޗު ސީރިއާ ކާމިޔާބުކުރީ 0-10 ގެ ނަތީޖާއަކުންނެވެ. ފީފާގެ މެންބަރު ކަމާއި އޭއެފްސީގެ މެންބަރުކަން މިދިޔަ އަހަރު ލިބުނު މެރިއާނާ އައިލެންޑް ކޮޅަށް ސީރިއާއިން ވަނީ, ފުރަތަމަ ހާފުގައި ހަތް ލަނޑު ޖަހާފައެވެ. އަނެއް ތިން ލަނޑު ޖަހާފައިވަނީ ފަހު ހާފުގައެވެ.

މެޗުގައި ސީރިއާގެ މުހަންދް ފެޑަލް ދެ ލަނޑު ކާމިޔާބުކުރިއިރު، އެލިއަސް ސަފަރު އާއި ރާވަން އޮސްމާން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގައި ދެން ސީރިއާއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، ނަޔޭފް، އަލް ރަމަޑާން، އަލް އަސްވަޑް މަހްމޫދް މުހައްނައެވެ. މެޗަށްފަހު ގްރޫޕް ޑީގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ހަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އޮތީ ސޫރިއާއެވެ. ތާވަލްގެ ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ތުރުކެމިނިސްތާނެވެ. ޖޯޑަން، ޗައިނީސް ޓައިޕޭ އަދި މެރީނާ އައިލެންޑަކަށް އަދި އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

އޭއެފްސީ އޭޝިއަންކަޕް 20 އަހަރުން ދަށުގެ ކޮލިފައިން ގްރޫޕް ބީގައި ބަންގްލަދޭޝް އާއި ބޫޓާން ބައްދަލުކުރި މެޗު ބަންގްލަދޭޝް ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ބަންގްލަދޭޝްއަށް ގޯލް ހުޅުވާލަދިނީ 33 ވަނަ މިނެޓް ތެރޭގައި އަހުމަދު ނޯވާއެވެ. މެޗުގައި ބަންގްލަދޭޝް ލަނޑެއް ޖަހާފައިވަނިކޮށް ބޫޓާނުގެ ސަންތަ ކުމާރު ލިމްބޫ ވަނީ 59 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުން ބަންގްލަދޭޝް މޮޅުކޮށްދިން ލަނޑު ޖަހައިދިނީ، އަސްރަފުލް ހައްޤު އާސިފެވެ.

ގްރޫޕް ބީގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ހަތަރު ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގަ ބަންގްލަދޭޝް އުޅޭއިރު، ތިން ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އުޅެނީ ބޫޓާނެވެ. އެއް ޕޮއިންޓާއެކު ތިން ވަނައިގައި ބަހްރެއިން އުޅޭއިރު، ޤަތަރާއި ނޭޕާލަކަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

comment ކޮމެންޓް