'އަޒޯނާ ސީޒަން 4' ދިރާގު ޓީވީ ވީއޯޑީއަށް އަންނަނީ

ދިރާގު ޓީވީން ގެނެސްދޭ ޓޯކް ޝޯ ސީރީޒް "އަޒޯނާ" ގެ އައު ސީޒަންއެއް ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ގައި އަބްދުالله މުއާޒް ޕްރޮޑަކްޝަންސް އިން ޕްރިމިއާ ކުރަން ނިންމައިފިއެވެ. މި އައު ސީޒަން ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

އަޒޯނާ ޝޯގެ ޕްރޮޑިއުސަރު އަބްދުالله މުއާޒް (މުއާ) ބުނީ މިފަހަރުގެ ސީޒަން ކުރީގެ ސީޒަންތަކާއި ތަފާތުވާނެކަމަށެވެ. އަދި ކުރިއަށް ވުރެ ރަނގަޅު ކޮންޓެންޓް ބެލުންތެރިންނަށް ގެނެސްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވެސް މުއާ ފާހަގަކުރިއެވެ.

ދިރާގުގެ ދިރާގު ޓީވީ ޕްރޮޑަކްޓް މެނޭޖަރު ޙައްސާން ހުސްނީ ވިދާޅުވީ ކާމިޔާބު ތިންވަނަ ސީޒަނަކަށް ފަހު އަޒޯނާ ޝޯގެ އައު ސީޒަން ދިރާގު ޓީވީ އާއި ދިރާގު ޕްލޭ ވީއޯޑީ މެދުވެރިކޮށް ކަސްޓަމަރުންނަށް ގެނެސްދެވުމަކީ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމަރުން ބަލައިގަންނަ އިތުރު ޕްރޮގްރާމްތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުން" ޙައްސާން ހުސްނީ ވިދާޅުވިއެވެ.

ދިރާގުޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް މެދުވެރިކޮށް ޕްރިމިއަމް އިންޓަނޭޝަނަލް އަދި ލޯކަލް ކޮންޓެންޓް ހިމެނޭ ވީއޯޑީ ފީޗާ ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ވީއޯޑީ އަކީ ކަސްޓަމަރުން މީޑިއާ ބޭނުންކުރާ ގޮތާއި ބަލާ ގޮތް މުޅިން ބަދަލުކޮށްލާފައިވާ އީޖާދީ ފީޗާއެކެވެ. މި ފީޗާ މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު ދިރާގުޓީވީ ކަސްޓަމަރުންނަށް މުނިފޫހިފިލުވުމުގެ ގިނަ އޮޕްޝަންތަކެއް ލިބޭނެއެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. އެގޮތުން ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 85 ޕަސެންޓް ޓީވީ ޚިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

މީގެ އިތުރުން، ދިރާގުޓީވީ އަކީ ވީޑިއޯ އޮން ޑިމާންޑްގެ ފީޗާ ހިމެނޭ ހަމައެކަނި ޚިދުމަތްވެސް މެއެވެ. ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑް އަކީ މަޢުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުން ތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެގޮތަކަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމު މެދުވެރިކޮށް ދިރާގުން ދަނީ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމުގައި ޚާއްސަ ފުރުސަތުތައް މަގު ފަހިކޮށްދެމުންދާނެއެވެ.

އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ އަދި ދިވެހި ކޮންޓެންޓް ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުން ކަމަށް ދިރާގުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް