ކުޑަ ކުއްޖަކު ކިހިލި ޖަހައިގެން މީހަކު ސައިކަލު ދުއްވި މައްސަލަ ފުލުހުން ބަލަނީ

ކުޑަކުއްޖާ ކިހިލިޖަހައިގެން އަންހެން މީހާ ސައިކަލް ދުއްވާތަން ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓް --

ކުޑަ ކުއްޖަކު ކިހިލި ޖަހައިގެން, އަންހެނަކު ހުޅުމާލޭގައި ސައިކަލް ދުއްވި މައްސަލައެއް ބަލަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

https://sun.mv/168108

ކުޑަ ކުއްޖަކު ކިހިލި ޖަހައިގެން އިން އަންހެނަކު ހުޅުމާލޭގައި ސައިކަލް ދުއްވަމުން ދިޔަ ވީޑިއޯ ކްލިޕެއް މީސް މީޑިއާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ދައުރުވާން ފަށައިފައެވެ.

އެ ވީޑިއޯއިން ފެންނަނީ ކަޅު ކުލައިގެ ބުރުގަލެއް އަޅައިގެން އިން އަންހެނަކު، ވާއަތުން ކުޑަ އަންހެން ކުއްޖަކު ކިހިލި ޖަހައިގެން ހުޅުމާލޭ ދެވަނަ ފޭހުގެ މަގެއް މަތީގައި ސައިކަލް ދުއްވާފައިދާ މަންޒަރެވެ.

އަންހެން މީހާ އަކީ އެ ކުޑަކުއްޖާގެ މަންމަ، ނުވަތަ އާއިލާ މީހެއް ކަމެއް ސާފު ނުވިޔަސް ބެލެވޭ ގޮތުގައި ކުއްޖާގެ އުމުރުން ވާނީ އެންމެ ތިން ވަރަކަށް އަހަރެވެ.

އެ އަންހެން މީހާ އެ ކުއްޖާ ގޮވައިގެން ސައިކަލް ދުއްވީ ސަލާމަތީ ގޮތުން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް ނާޅައެވެ.

ކައިރިން އެވަގުތު އެހެން ސައިކަލްތައް ދުއްވާފައިދާތީ އަންހެން މިހާގެ އަތުން ދޫވެގެން އެ ކުއްޖާ މަގުމައްޗަށް ވެއްޓުނު ނަމަ ފަހަތުން އަންނަ ވެހިކަލެއް ކުއްޖާގެ ގައި މައްޗަށް އަރާ ވަރަށް ހިތާމަވެރި ހާދިސާއެއް މެދުވެރިވުމުގެ ފުރުސަތު އޮތްކަން ވީޑިއޯއިން ފާހަގަ ކުރެވެއެވެ.

comment ކޮމެންޓް