ސިވިލް ކޯޓުގައި ހުސް ދެ ޖާގަ، 17 މީހަކު ކުރިމަތިލައިފި

ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިން: އެ ކޯޓުން ހުސްވެފައިވާ ދެ ގާޒީންގެ މަގާމަށް 17 މީހަކު ވަނީ ކުރިމަތިލާފައި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ސިވިލް ކޯޓުން ހުސްވެފައިވާ ދެ ގާޒީންގެ މަގާމަށް 17 މީހަކު ކުރިމަތިލައިފިއެވެ.

ސިވިލް ކޯޓަށް ދެ ގާޒީން ހޯދަން އިއުލާން ކޮށްފައިވަނީ އެ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވުމުންނާއި އިސް ގާޒީ ކަމުގެ މަގާމުގައި ހުންނެވި އަބްދުالله އަލީ، ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ގާޒީ ކަމަށް ކުރިމަތިލެއްވި މީހުން:

  1. ޢަލީ ނަޞީރު / ގާޑެނިޔާވިލާ، ބ.ކިހާދޫ
  2. ޢަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175
  3. މުޙައްމަދު ވިދާން ޝާކިރު / ހ.ހުދުފިނިފެންމާގެ
  4. ޢަލީ ނަދީމް / ހ.ގްލޯރިއޯސާ 2
  5. ނަފީލު މުޙައްމަދު / ލަކީހޯމް، ގއ.ދާންދޫ
  6. ސިނާން ޢަލީ / ސަންޑަލްވޫޑް، ގދ.ފިޔޯރީ
  7. އަޙްމަދު މަޢުޞޫމް / ހަވީރީމަންޒިލް، ލ.މާބައިދޫ
  8. ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް
  9. ޢަބްދުﷲ އިޙްސާން / ސައިފަތްމާގެ، ސ.ހިތަދޫ
  10. ފަތުޙުﷲ ޖަމީލް މޫސާ / ނަލަމަލަ، ލ.މާވަށް
  11. ފައިޞަލް އާދަމް / ދެތަނޑިމާގެ، ހދ.ފިނޭ
  12. އާދަމް ޛާލިފް / އޯކިޑުމާގެ، ގއ.ގެމަނަފުށި
  13. މަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ.ދިއްދޫ
  14. އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ، ބ.ހިތާދޫ
  15. އާމިނަތު ޒިދުނާ / ހުޅުމާލެ. ގޯތި 10654 ގެ އޭ-01 ފްލެޓް
  16. ޙަސަން ޝަމާމް / ކޮށިތެރޭގެ، ހއ.އިހަވަންދޫ
  17. އާމިނަތު ރައިޝަމް / ނިއުފްލާވަރ، ގއ.ގެމަނަފުށި

ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބޭއިރު، ލިވިން އެލަވަންސުގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބެއެވެ. އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާ ލިބޭނެއެވެ.

comment ކޮމެންޓް