މުހުޔިއްދީން ސުކޫލު ދަރިވަރުންގެ އުފެއްދުންތެރި ވިސްނުން ތަފާތު ގޮތަކަށް!

މުހުޔިއްދީން ސުކޫލު ލައިބްރަރީގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ މުހުޔިއްދީން ސުކޫލު

ތައުލީމާއި އުނގެނުމަކީ ހަމައެކަނި ސުކޫލު ފޮތްތަކުގެ ޒަރިއްޔާއިން ކުރެވޭ ކަމެއް ނޫނެވެ. ކިޔެވުމުގެ ބޭރުން އުނގެނުމުގެ ކިތަންމެ ކަމެއް ކުދިންނަށް ދަސްވެއެވެ.

އެކުދިންގެ ސިކުނޑިތަކުން ވިސްނައިގެން ތަފާތު އެކި ހުނަރުތަކަށް ކުދިންގެ ވިސްނުން ހުޅުވެއެވެ. އުފެއްދުންތެރިކަން އިތުރުވެ އަމިއްލަ ނަފްސަށް އެކުދިންގެ އޮންނަ އިތުބާރު އިތުރުވެގެންދެއެވެ.

މުހުޔިއްދީން ސުކޫލު ލައިބްރަރީގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ މުހުޔިއްދީން ސުކޫލު

މިދިޔަ ބުރާސްފަތި ދުވަހު މުހިއްޔުއްދީން ސުކޫލް ދަރިވަރުން ފޮތްތަކުގެ ބަނޑޭރިގަނޑު ބޭނުން ކޮށްގެން ދެއްކި ހުނަރަކީ އެފަދަ ތަފާތު އަދި އާއްމުކޮށް ނުފެނަން ހުނަރެކެވެ.

އެގޮތުން ބުރާސްފަތި ދުވަހު ލައިބްރަރީ ގަޑީގައި ހާއްސަ އެކްޓިވިޓީއެއްގެ ގޮތުގައި ފޮތްތައް ބޭނުންކޮށްގެން އަމިއްލައަށް ލައިބްރަރީ ޓީޗަރުގެ އެހީއާއެކު މުހިއްޔުއްދީން ސުކޫލު ދަރިވަރުން ނަގާފައިވާ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

މުހުޔިއްދީން ސުކޫލު ލައިބްރަރީގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ މުހުޔިއްދީން ސުކޫލު

އެ ތަސްވީރުތަކުން ގިނަ ބަޔަކަށް ފާހަގަވީ ކުދިންގެ ވިސްނުމުގެ ތޫނުފިލި ކަމާއި ތަފާތު އަދި އުފެއްދުންތެރި ޚިޔާލުތަކުގެ މޮޅުކަމެވެ.

ކިޔެވުމުގެ ބޭރުން ހިންގޭ ހަރަކާތްތަކުން ވެސް ދަރިވަރުންގެ ހުނަރު ފެންނަ ކަމެވެ. އަދި އެ ހަރަކާތްތަކުގެ ސަބަބުން ކިޔެވުމުގެ ތެރެއިން ލިބޭ ހާސްކަމުން ދަރިވަރުންނަށް ހިތްހަމަ ޖެހުމެއް ލިބި އަދި ސިކުނޑި ތާޒާކޮށްލުމަށް ވެސް އެފަދަ ހަރަކާތްތައް އެހީވެދޭކަމެވެ.

މުހުޔިއްދީން ސުކޫލުގެ ލައިބްރަރީގައި ކުރިއަށް ގެންދިޔަ އެ ހަރަކާތާ ގުޅިގެން އެ ސުކޫލުގެ ލައިބްރަރީއަން މަރިޔަމް މުނާ މޫސާ މިއަދު "ސަން"އަށް ވިދާޅުވީ އެ ހަރަކާތަކީ ދުރާލައި ރޭވި ހަރަކާތެއް ނޫން ކަމަށެވެ.

"އެއީ އަސްލު ޑެޕިއުޓީ ޕްރިންސިޕަލްގެ އައިޑިއާ އަކަށް ކުރި ކަމެއް. ވަކި ކުރިއާލާ ކުރި ކަމެއް ވެސް ނޫން. އެދުވަހު ލައިބްރަރީ ގަޑީގަ ކުރި ކަމެއް އެއީ. އެކަމުވެސް ވަރަށް ސަކްސެސްފުލް އެކްޓިވިޓީއަކަށް ވެގެން ދިޔައީ،" އޭނާ ވިދާޅުވިއެވެ.

މުނާ ވިދާޅުވީ ލައިބްރަރީ ގަޑިއަކީ ހަމައެކަނި ފޮތް ކިޔާ ގަޑިއަކަށް ހަދަން ބޭނުން ނުވާކަމަށެވެ. އަދި ބޮޑަށް ދަރިވަރުން ހުރިހާ ކަހަލަ ފޮތަކާ ވެސް އަހުލުވެރިކުރުވަން ބޭނުންވާ ކަމަށާއި އެދުވަހުގެ އެ ހަރަކާތުގެ ސަބަބުން ވެސް އޭގެ ނަތީޖާ ކޮންމެވެސް ވަރަކަށް ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މުހުޔުއްދީން ސުކޫލުގެ އަމާޒު ހުރީ ކުރިއަށް އޮތް ތަނުގައި ވެސް ކުދިން ޝައުގުވެރިވާނެ ގޮތްތަކަށް ކަންކަން އިންތިޒާމު ކޮށްގެން އުނގަންނައިދިނުމުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.

comment ކޮމެންޓް