ބާސާގެ އޮބާމަޔަން ޗެލްސީއަށް، ޗެލްސީގެ އަލޮންސޯ ބާސާއަށް

ޕިއޭ އެމެރިކް އޮބާމަޔަން އާއި މާކޯސް އަލޮންސޯ----

ބާސެލޯނާއަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން ޗެލްސީއަށް ބަދަލުވާން އެއްބަސްވެފައިވާއިރު ޗެލްސީގެ ޑިފެންޑަރު ފުލްބެކް މާކޯސް އަލޮންސޯ ބާސާއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އާސެނަލް ދޫކޮށް ފެބްރުއަރީ މަހު ބާސެލޯނާއާ ގުޅުނު އައުބަމަޔަންގްގެ ސޮއި ހޯދުމަށް ޗެލްސީން 10 މިލިއަން ޕައުންޑްގެ އިތުރުން އަލަންސޯ ބާސާއަށް ވަނީ ހުށަހަޅައިފައެވެ.

ކުޅިވަރުގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވަނީ އައުބަމަޔަންގް ޗެލްސީގެ މެޑިކަލް ފުރިހަމަ ކުރުމަށް މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ލަންޑަނަށް ދާނެކަމަށެވެ.

އަދި ލަންޑަނުގެ ޗެލްސީގައި އޭނާ 2024ގެ ނިޔަލަށް މަޑުކުރާނެކަމަށް ބެލެވޭއިރު އަލަންސޯ 2025ގެ ނިޔަލަށް ބާސާގައި މަޑުކުރާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އައުބަމަޔަންގް ބާސާއަށް ބަދަލުވެ އެ ޓީމަށް ކުޅެދިން 24 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައިވީ ނަމަވެސް ބަޔާން ކުޅެމުންއައި ރޮބާޓް ލެވަންޑޮސްކީ އެ ޓީމަށް ބަދަލުވެ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން އައުބަމަޔަންގްއަށް ފުރުސަތު ލިބެނީ ވަރަށް މަދުންނެވެ.

މީގެއިތުރުން އެ ޓީމުގައި ގިނަ ފޯވާޑުން ތަކެއް ތިބުމުން ޓީމުގެ ހަރަދުތައް ކުޑަކުރުމަށް ބައެއް ކުޅުންތެރިން ދޫކޮށްލަން އެ ޓީމު އޮތީ ތައްޔާރަށެވެ. އެ ޓީމުގައި ތިބި ހުނަރުވެރި ފޯވާޑުންގެ ތެރޭގައި ލެވަންޑޯސްކީއާއި، އަންސޫ ފާޓީއާއި، ފެރާން ޓޮރެސްއާއި، އޮސްމާނޭ ޑެމްބެލޭއާއި، ރަފީނިޔާގެ އިތުރުން މެމްފިސް ޑީޕޭހިމެނެއެވެ.

comment ކޮމެންޓް