ހުސްވެފައިވާ ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމަށް އަށްމީހުން ކުރިމަތިލައިފި

ސިވިލް ކޯޓު--

ހުސްވެފައިވާ ސިވިލްކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުޅުވާލުމުން އެ މަގާމަށް އަށް ބޭފުޅަކު ކުރިމަތިލައިފިއެވެ.

އެ މަގާމަށް ކުރިމަތިލާފައި ވަނީ:

  • އަލީ ނަސީރު / ގާޑެނިޔާވިލާ، ބ.ކިހާދޫ
  • އަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175،
  • މުޙައްމަދު ވިދާން ޝާކިރު / ހ. ހުދުފިނިފެންމާގެ،
  • އާދަމް ޒާލިފް / އޯކިޑުމާގެ، ގއ.ގެމަނަފުށި
  • އަލީ ނަދީމް / ހ.ގްލޯރިއޯސާ 2، ކ.މާލެ
  • ނަފީލު މުޙައްމަދު / ލަކީހޯމް، ގއ.ދާންދޫ
  • ސިނާން އަލީ / ސަންޑަލްވޫޑް، ގދ.ފިޔޯރީ
  • އަޙްމަދު މައުސޫމް / ހަވީރީމަންޒިލް، ލ.މާބައިދޫ

ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމަށް މީހަކު އައްޔަން ކުރުމަށް ޖޭއެސްސީން އިއުލާނުކުރީ އެ މަގާމުގައި ކުރިން ހުރި އިސް ގާޒީ އަބްދުالله އަލީ،55 ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކޮށްދެއްވުމަށް އެދި އަބްދުالله އަލީ ޖޭއެސްސީ އަށް ހުށަހެޅުމުން އެ ކޮމިޝަނުން ވަނީ އެކަން ބަލައިގަނެފައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުން އޭނާ އެއްފަރާތް ވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު އެ ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވުމަށް ހަމަޖެހިފައިވަނީ ގާޒީ ނިމާލް ޖުނައިދުއެވެ.

comment ކޮމެންޓް