އެފްއެޗްއޭއެމްއިން ހޮރައިޒަން ފިޝަރީޒްގެ އުފެއްދުންތައް ރަހަބަލާލުމުގެ ފުރުސަތު

އެފްއެޗްއޭއެމްގެ ހޮރައިޒަންގެ ސްޓޯލް އޭ 31 -- ފޮޓޯ/ ހޮރައިޒަން

މި އަހަރުގެ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ޓްރޭޑް ފެއާ (އެފްއެޗްއޭއެމް) ގައި ވިލާގެ ހޮރައިޒަން ފިޝަރީޒްގެ އުފެއްދުންތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގެ އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ އެފްއެޗްއޭއެމްގައި ހޮރައިޒަން އިން އެ ކުންފުނީގެ ގިނަ އުފެއްދުންތަކެއް ދައްކައިލާނެއެވެ.

ހޮރައިޒަންގެ ސޭލްސް އެންޑް މާކެޓިން މެނޭޖާ އިބްރާހީމް ޝަފީގް "ސަން"އަށް ވިދާޅުވީ ހޮރައިޒަންގެ ފަރާތުން ދަޅުގައި ބަންދުކުރި ޓޫނާގެ އެކި ކަހަލަ އުފެއްދުންތައް މި މައުރަޒުގައި ހުންނާނެކަމަށެވެ.

އެފްއެޗްއޭއެމްގެ ހޮރައިޒަންގެ ސްޓޯލް އޭ 31 -- ފޮޓޯ/ ހޮރައިޒަން

"ގާލިކް، ކްރެކްޑް ޕެޕާ، އޮލިވް އޮއިލް، ޗިލީ، ސަންފްލާވާ، ތައިމް ފަދަ ޕްރޮޑަކްޓްތައް ހުންނާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އުފެއްދުމަކީ އެކުންފުނީގެ ފެކްޓްރީގައި ގިނަ ދިރާސާތަކެއްކުރުމަށްފަހު މިދިޔަ އަހަރު ބާޒާރަށް ނެރުނު ދަޅުގައި ބަންދުކުރި މަސްހުންޏެވެ. ކަސްޓަމަރުންގެ މެދުގައި މަޤްބޫލުކަން ހޯދި މިއުފެއްދުމަށް ވަނީ މިމަހު 13 ވަނަދުވަހު އިތުރު ދެ ވެރައިޓީ އިތުރު ކުރެވި ބާޒާރަށް ނެރެފައެވެ. އެއީ "މަސްހުނި ޒީރޯ ޗިލީ" އަދި "މަސްކުނި އެކްސްޓްރާ ޗިލީ" އެވެ.

އެފްއެޗްއޭއެމްގެ ހޮރައިޒަންގެ ސްޓޯލް އޭ 31 -- ފޮޓޯ/ ހޮރައިޒަން

ހޮރައިޒަން އިން ބުނީ މިއީ އެ ކުންފުނިން އެންމެ ފަހުން މާކެޓަށް ނެރުނު އުފެއްދުންތަކުގެ އަޖުމަ ބަލާލަން ރަނގަޅު ފުރުސަތެއްކަމަށެވެ. އެހެންކަމުން ވީހާ ވެސް ގިނަ މީހުން އެފްއެޗްއޭއެމްގެ ހޮރައިޒަންގެ ސްޓޯލް އޭ 31އަށް ޒިޔާރާތްކުރުމަށް އެކުންފުނިން އެދެއެވެ.

comment ކޮމެންޓް