'މައިހުޅުމާލެ ވޯލްޑްކަޕް ފެސްޓިވަލް 2022' ގެ ޕާޓްނަރުންނަށް ވުމަށް ހުޅުވާލައިފި

މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލަކީ ހުޅުމާލޭގައި ގިނަ ބަޔަކު އެއްވެ މަޖާ މާހައުލެއްގައި މުބާރާތުގެ މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޗްޑީސީން ބާއްވާ ފެސްޓިވަލެއް --- ފޮޓޯ/ އެޗްޑީސީ

ވޯލްޑް ކަޕް 2022 އާ ގުޅުވައިގެން ހުޅުމާލޭގައި ބާއްވާ އެންމެ ބޮޑު ފެސްޓިވަލް، 'މައިހުޅުމާލޭ ވޯލްޑް ކަޕް ފެސްޓިވަލް' ގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެޗޑީސީން ބުނީ އެ ފެސްޓިވަލަކީ ހުޅުމާލޭގައި ގިނަ ބަޔަކު އެއްވެ މަޖާ މާހައުލެއްގައި މުބާރާތުގެ މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޗްޑީސީގެ ފަރާތުން ބާއްވާ ފެސްޓިވަލެއް ކަމަށެވެ.

ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ސްކްރީން ހަރުކޮށް މެޗު ބެލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެޗްޑީސީން ވަނީ ރާވާފައެވެ. އެގޮތުން، ސެންޓްރަލް ޕާކް، ނެއިބާހުޑް ހައެއް (ހިޔާ ސަރަހައްދު)، ރުއްގަނޑު އެކެއް އަދި ރުއްގަނޑު ދޭއް ގައި އެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މެޗުތައް ބަލާލުމުގެ އިތުރުން، ހާފް ޓައިމްގައި އެކި ހަރަކާތްތައް ރޭވިފައިވާ ކަމަށެވެ. ހަފުތާ ބަންދު ދުވަސްތަކާއި މުހިއްމު މެޗުތައް ކުޅޭ ދުވަސްތަކުގައި ލައިވް މިއުޒިކް ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްކޯ ދިމާކުރުމާއި، މެޗުތައް ބެލުމަށް ބައިވެރިވާ މީހުންގެ މެދުގައި ގުރުނަގައިގެން އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަން ފާހަގަކޮށް އެޗްޑީސީން ބުނީ ހަފުތާ ބަންދުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

މައި ހުޅުމާލެ ވޯލްޑްކަޕް ފެސްޓިވަލް 2022 ގެ ޕާޓަނަރުންނަށް ވުމަށް [email protected] އަށް އީމެއިލް ކުރުމަށް އެޗްޑީސީން އެދެއެވެ.

comment ކޮމެންޓް