ވިނަރެސްގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދޫކުރަނީ

ވިނަރެސް ފުލެޓެއްގެ އެތެރެ، މި މަޝްރޫއުގައި ދެ ވައްތަރެއްގެ އެޕާޓްމަންޓްތައް ހިމެނޭ -- ސަންފޮޓޯ/ ނާއިލް ހުސައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތަކުގެ ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ.

މި ޔުނިޓުތަކުގެ ތެރެއިން މިވަގުތު ހުޅުވާލާފައި ވަނީ ކާބޯތަކެތި ވިއްކާ ދެ ފިހާރައާއި މަސްފިހާރައެކެވެ.

އެޗްޑީސީން ރޭ ނެރުނު އިއުލާނެއްގައި ވަނީ ވިނަރެސް ފްލެޓުގެ ވިޔަފާރިއަށް ހާއްސަކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކުގައި ކާބޯތަކެތީގެ ފިހާރަ ހިންގުމަށް ޝައުގުވެރިވާ މީހުނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ކާބޯތަކެތި ވިއްކާ ފިހާރައަށް ކޮމާޝަލް ޔުނިޓުން ދޫކުރަން ހަމަޖެހިފައިވަނީ 702 އަކަފޫޓުގެ ދެ ޔުނިޓެވެ. މަސް ފިހާރަ ހަދަން ދޫކުރަން ހަމަޖެހިފައިވަނީ 2280.12 އަކަފޫޓުގެ ޔުނިޓެކެވެ.

އެޗްޑީސީން ބުނީ މިމަހުގެ 28ވަނަ ދުވަހުން ފެށިގެން އެކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 01:00ހަމައަށެވެ.

ޕްރޮޕޯސަލް ބަލައިގަތުން ކުރިއަށް ދާނީ ހަމަ އެދުވަހު އެޗްޑީސީގެ އެގްޒިބިޝަން ހޯލުގައި 01:00 އިން 02:00 އާ ހަމައަށެވެ.

ވިނަރެސް ފްލެޓުގެ ކޮމާޝަލް ޔުނިޓުގައި މަސް ފިހާރަ ހިންގަން ޝައުގުވެރިވާ މީހުންގެ ތެރެއިން އޮންލައިންކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އެޗްޑީސީއަށް ގޮސްގެން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އިން 2:00 އާ ހަމައަށެވެ. އޭގެ ފަހުގައި އެންމެންގެ ހާޒިރުގައި ބީލަން ހުޅުވުން އޮންނާނެއެވެ.

comment ކޮމެންޓް