އިސްރާއީލުގެ އަނިޔާވެރިކަން ހޮލޮކޯސްޓާ އެއްވަރު ކުރުމުން ޖަރުމަނުގެ ޗާންސެލަރު ރަތަށް

ައައްބާސް އާއި ޝޯލްޒް

ބާލިން (18 އޮގަސްޓް 2022): އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަނީ ހިޓްލަރުގެ ވެރިކަމުގައި ނާޒީ ޖަރުމަނުން ޔަހޫދީންނާ ދެކޮޅަށް ހިންގި ހޮލޮކޯސްޓްގެ އަނިޔާވެރި އަމަލުތަކާ އެއްފަދަ އަނިޔާވެރި އަމަލުތަކެއް ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ސިފަ ކުރެއްވުމުން ޖަރުމަނުގެ ޗާންސެލަރު ކޯފާވެ ވަޑައިގެން އައްބާސްގެ ވާހަކަތައް ކުށްވެރި ކުރައްވައިފިއެވެ.

ރައީސް އައްބާސް މިހެން ވިދާޅުވީ އޭނާ ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުގެ ޗާންސެލަ އޮލްފް ޝޯލްޒްއާ ބައްދަލުކުރެއްވުމަށްފަހު ދެބޭފުޅުން އެކުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައެވެ. އައްބާސް ވިދާޅުވީ 1947 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްރާއީލުން ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް 50އަށް ވުރެ ގިނަ ގަތުލުއާންމު ހިންގައި އެތަށް ލައްކަ ބަޔަކަ ބަޔަކު މަރާފައިވާ ކަމަށާއި އިސްރާއީލު އުޅެނީ ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެ ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް އިސްތިއުމާރު ކޮށްގެން ކަމުގައެވެ.

އެހެންކަމުން އިސްރާއީލުން ފަލަސްތީނާ ދެކޮޅަށްވެސް ހިންގަނީ ހިޓްލަރުގެ ވެރިކަމުގައި ނާޒީ ޖަރުމަނުން ޔަހޫދީންނާ ދެކޮޅަށް ހިންގި ހޮލޮކޯސްޓް ފަދަ ލާއިންސާނީ ހޮލޮކޯސްޓެއް ކަމަށް އައްބާސް ސިފަކުރެއްވިއެވެ.

އައްބާސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޖަރުމަނުގެ ޗާންސެލަރު އޮލްފް ޝޯލްޒް ކޯފާވެ ވަޑައިގެން ވިދާޅުވީ ހިޓްލަރުގެ ވެރިކަމުގައި ޔަހޫދީންނާ ދެކޮޅަށް ހިންގި ހޮލޮކޯސްޓް ފަދަ އަނިޔާވެރި ލާއިންސާނީ ޖަރީމާއެއް އިންސާނީ ތާރީޚުގައި ހިންގާފައި ނުވާ ކަމަށާއި އެއްވެސް އަނިޔާވެރި އަމަލެއް ހޮލޮކޯސްޓާ އެއްފަދަ ނުކުރެވޭނެ ކަމުގައެވެ. އެހެންކަމުން އިސްރާއީލުގެ އަނިޔާވެރިކަމާބެހޭގޮތުން އައްބާސް ދެއްކެވި ވާހަކަތައް އައްބާސް ވިދާޅުވިގޮތަށް ގަބޫލު ނުކުރެވޭނެ ކަމަށް ޝޯލްޒް ވިދާޅުވިއެވެ.

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރުގެ ވެރިކަމުގައި ނާޒީ ޖަރުމަނުން ޔަހޫދީންނާ ދެކޮޅަށް ހިންގި ހޮލޮކޯސްޓް ގައި ހަ މިލިޔަން ޔަހޫދީން މަރާލިކަމަށް ޔަހޫދީން ބުނެއެވެ. ނަމަވެސް މިއަދަދަށް ޔަހޫދީން މެރިކަމުގެ ސާބިތު ހެކިތައް ޔަހޫދީ ޖަމާއަތްތަކަށާއި އިސްރާއީލަށް ދެއްކިފައެއް ނުވެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގާ 30 ވަރަކަށް މިލިޔަން މީހުން މަރާލާފައިވާއިރު އޭގެތެރޭގައި ގިނައީ ޔަހޫދީން ނޫން މީހުންނެވެ.

ނަމަވެސް ޔަހޫދީންވަނީ ހޮލޮކޯސްޓްގެ އަނިޔާގެ ބަދަލެއްގެ ގޮތުން ޖަރުމަނުން އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް ހޯދާފައެވެ. އަދި މިހާރުވެސް އިސްރާއީލާއި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތައް ގެންދަނީ ހޮލޮކޯސްޓްގެ ނާޖާއިޒު ފައިދާ ނަގައިގެން ޖަރުމަނު ބްލެކްމެއިލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް އިސްރާއީލުުން ގެންދަނީ ސިޔާސީ އަދި އިސްތިއުމާރީ ހަތިޔާރެއްގެ ގޮތުގައި ހޮލޮކޯސްޓްގެ ބޭނުން ކުރަމުންނެވެ.

މީގެއިތުރުން ހޮލޮކޯސްޓްގެ ނާޖާއިޒު ފައިދާ ނަގައިގެން އިސްރާއީލުން ގެންދަނީ ފަލަސްތީނާ ދެކޮޅަށާއި އަވަށްޓެރި އަރަބި ގައުމުތަކާ ދެކޮޅަށް ލާއިންސާނީ އެތައް ޖަރީމާތައްވެސް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ.

ހިޓްލަރު ޔަހޫދީންނާ ދެކޮޅަށް ހޮލޮކޯސްޓްގެ ޖަރީމާތައް ހިންގާފައިވާތީ ޔަހޫދީންގެ ދިފާއުގައި ކަމަށް ބުނެ ބޭނުންވާ ކޮންމެ ޖަރީމާއެއް އަދި ބޭނުންވާ ކޮންމެ އަނިޔާއެއް ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގުމުގެ ހައްގު އިސްރާއީލަށް އޮންނާނެކަމަށް އިސްރާއީލުން ދެކެއެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަމާ އިސްތިއުމާރާ ދެކޮޅަށް ތެދުވުމަކީ ޔަހޫދީންނާ ޖައްސާލުން ނުވަތަ އެންޓި ސެމިޓިޒަމް ކަމަށް އިސްރާއީލާއި ޔަހޫދީ ޖަމާއަތްތަކުން ސިފަކުރެއެވެ.

އަދި އިސްރާއީލާއި ޔަހޫދީ ޖަމާއަތްތަކުން ގެންދަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާއި ހަރުކަށި ޔަހޫދީން ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހޮޮލޮކޯސްޓް ސިޔާސީ ހަތިޔާރަކަށް ހަދައިގެން ދިފާއު ކުރަމުންނެވެ.

ހޮލޮކޯސްޓަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޔަހޫދީން މެރުމަށް ޚާއްސަކޮށްގެން ހިޓްލަރުގެ ސިފައިން ގާއިމްކުރި ގޭސް ޗެންބަރުތަކެއްކަމަށް ޔަހޫދީން ބުނެއެވެ. ޔޫރަޕްގައި ހޮލޮކޯސްޓާ ދެކޮޅަށް ބަހެއް ބުނުމަކީ އަދި އެކަމަށް އިންކާރު ކުރުމަކީ ދިގުމުއްދަތަކަށް ޖަލަށް ލެވޭ ޖިނާއީ ބޮޑު ކުށެކެވެ.

ހޮލޮކޯސްޓާ ޖެހުމުން ޔޫރަޕްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއްވެސް ނޯވެއެވެ. ޔޫރަޕްގައި ހެއްދެވި ފަރާތަށް އިންކާރު ކުރުން (އިލްހާދު ނުވަތަ އެތިޒަމް) ހުއްދައެވެ. ނަމަވެސް ހޮލޮކޯސްޓަށް އިންކާރު ކުރުން ހުއްދަ އެއްނޫނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު