ސްޓެލްކޯގެ އިންޖީނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލެއަށް ކަރަންޓް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ބޭނުން ކުރާ އިންޖީނެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން އިންޖީނެއްގައި ރޯވި އަލިފާންގަނޑު މާގިނައިރުތަކެއް ނުވަނީސް ނިއްވާލާފައިވާ ކަމަށެވެ. އަލިފާން ރޯވީ އިންޖީނެއްގެ ޓާބޯއެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވާއިރު އެއްވެސް ހިސާބަކުން ކަރަންޓް ވެސް ނުކެނޑޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ހަމައެއްކޮށް ނިވާލައިފި. ދުންކޮޅު ބޭރުކުރުމުގެ މަސައްކަތް މިހާރު ސިފައިން ކުރަމުން ދަނީ،" އޭނާ ވިދާޅުވިއެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ވެސް ވަނީ އެ ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އިއްޔެ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެއިން ވަނީ ކަރަންޓް ވެސް ކެނޑިފައެވެ.

comment ކޮމެންޓް