އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ހިޔާ ފްލެޓުން ދެ ބިދޭސީން ހައްޔަރުކޮށްފި

ހިޔާ ފްލެޓް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ހިޔާ ފްލެޓުން ދެ ބިދޭސީން ފުލުހުން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ހިޔާ ފްލެޓްގެ ޓަވަރެއްގައި ފިރިހެނުން ތަކެއް ގައިގޯޅިވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސްފައިވާކަމަށެވެ.

"މައްސަލައިގެ ތުހުމަތުގައި ދެ ބިދޭސީ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

ހިޔާ ފްލެޓުގައި ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގި މަންޒަރު ކުޑަދޮރުން ފެނިގެން މީހަކު ވަނީ ފޭސްބުކްގައި އެ މަންޒަރު ލައިވްކޮށްފައެވެ.

މިފަދަ އެއްވެސް މަންޒަރެއް ފެނިއްޖެ ނަމަ ނުވަތަ މައުލޫމާތެއް ލިބިއްޖެނަމަ ސޯޝަލް މީޑިއާގައި މަންޒަރު އާންމުކުރުމުގެ ބަދަލުގައި ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް