ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

މި އެކްސިޑެންޓުގައި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަރުކޮޅު ސަރަހައްދުގައި ކާރަކާއި ޑަމްޕް ޓްރަކެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެއެވެ.

ކާރު ދުއްވަން އިން މީހާގެ އާއިލާ މީހަކު "ސަން"އާ ވާހަކަދައްކަމުން ބުނީ އެ ހާދިސާ ހިނގީ މިރޭ 6:00 ހާއިރު ކަމަށާއި އެކްސިޑެންޓުގައި ކާރުގެ ކުރީ ސީޓުގައި އިން ދެމީހުން ހޭ ނެތުނުކަމަށެވެ. އަދި އެމަޖެންސީގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ވަގުތުން ފަރުވާދިންކަމަށް އޭނާ ބުންޏެވެ.

މި އެކްސިޑެންޓުގައި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ

"މިހާރު ހޭ އަރައިފި. ކާރު ދުއްވަން އިން ޑްރައިވަރުގެ އަތް ބިންދައިގެން ގޮސްފަވަނީ. ޕެސެންޖާ ސީޓުގަ އިން މީހާގެ ބޮލަށް ވަރަށް ބޮޑަށް ޒަޚަމްވެފައި ވަނީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ޕްސެންޖާ ސީޓުގައި އިން މީހާގެ ބޮލަށް ލިބިފައިވާ ގެއްލުން އެނގޭނީ ސްކޭންކުރުމުން ކަމަށެވެ. އަދި ކާރުގެ ފަހަތު ސީޓުގައި އިންމީހާއަށް މާބޮޑު އަނިޔާއެއް ނުވި ނަމަވެސް އޭނާއަށް ވެސް ކުދި ކުދި އަނިޔާ ލިބިފައިވާކަން އޭނަ ފާހަގަކުރިއެވެ.

"ޕެސެންޖާ ސީޓުގަ އިން މީހާގެ ބޮލުގަ ރެނދެއް ލާފަހެން ހުރީ ބަލާ ބެލުމަށް ހީވަނީ. ފަހަތު ސީޓުގަ އިން މީހާއަށް ހުރީ އަތަށް ފުޅިތޮށި ހެރުން ކަހަކަ އަނިޔާތައް ވެފަ،" އޭނާ ބުންޏެވެ.

މި އެކްސިޑެންޓުގައި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

comment ކޮމެންޓް