މާލޭގައި ހިންގި މާރާމާރީއެއްގައި ދެމީހަކު ޒަޚަމް ކޮށްލައިފި

މާރާމާރީގައި ޒަހަމްވި މީހާގެ ގައިން އޮހޮރުނުލޭ ބިންމަތީގައި-- ސަން ފައިލް ފޮޓޯ

މާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި ދެމީހަކު ޒަޚަމް ކޮށްލައިފިއެވެ.

އެ މާރާމާރީ ހިންގާފައިވަނީ ހ. ހިތަށްފިނިވާ މަގުގައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގީ ދަގަނޑު ބުރިތަކާއި ދަނޑި ބުރިތައް ބޭނުން ކޮށްގެންނެވެ.

އެ ދެމީހުން ޒަޚަމްވެފައިވާ މަންޒަރު ދުށް މީހަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ އެތަނުން އެކަކުގެ ބޯފަޅައިގެން ގޮސް މޫނު މައްޗަށް ލޭ ފައިބަމުން ދިޔަ ކަމަށާއި އަދި ދެވަނަ މީހާގެ ބޮލަށް އަނިޔާ ވުމުގެ އިތުރުން ލައިގެން ހުރި ޓީޝާޓުގައްޔާއި ދެފައިގައި ވެސް ލޭ ހުރި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު މިރޭ 9:12ހާއިރު ލިބިފައިވާ ކަމަށެވެ.

"މާރާމާރީގައި އަނިޔާވި ދެމީހުން މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިރޭގެ މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވިޔަސް މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް