އެހެން ޓީމުތައް ކުރިއަރަމުން އަންނަ އިރު ޔުނައިޓެޑް ދަނީ ފަހަތަށް: ޓެން ހަގް

އެރިކް ޓެން ހަގް---

ޔުނައިޓެޑާ ވާދެވެރި އެހެން ޓީމުތައް ކުރިއަރަމުން ދާއިރު ޔުނައިޓެޑް ދަނީ ފަހަތަށްކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހެގް ބުނެފިއެވެ.

މިދިޔަ އަަދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ބެރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުން 4-0 އިން ބަލިވި މެޗަށް ފަހު ބެއިން ސްޕޯޓްސްއާ ވާހަކަ ދައްކަމުން ޓެން ހެގް ބުނީ ވާދެވެރި ޓީމަކަށް ޔުނައިޓެޑް ހެދުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހޭކަމަށެވެ.

އޭނާ ބުނީ މެޗު ފަށައިގެން ކުޅުންތެރިން ގިނަ ގޯސްތަކެއް ހަދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެ ގޯސްތައް ކުޅުންތެރިންނަށް ވެސް ވަރަށް ރަނގަޅަށް އެނގޭކަމަށާއި، އެކަމަކު އެ ގޯސްތައް އިތުރަށް ތަކުރާރުކުރަނީ ކީއްވެކަން ނޭނގޭކަމަށް ޓެން ހެގް ބުންޏެވެ.

ޓެން ހެގް ބުނީ އޭނާ އެ މަގާމާ ހަވާލުވި އިރުވެސް އެ މަގާމަކީ ޕްރެޝަރާ ކުރިމަތި ލާންޖެހޭނެ މަގާމެއްކަން އެނގޭކަމަށެވެ. އެހެންކަމުން މެޗުތައް ދިރާސާކޮށް ރަނގަޅު ކުރަންވީ ކަންކަން ހޯދާ ކަމަށް އޭނާ ބުންޏެވެ.

"ޓީމުގެ ކުޅުންތެރިން އަމިއްލައަށް ހެދި ގޯހުން ތިން ޕޮއިންޓު ގެއްލުނީ. ތެދަށް ބުނަންޏާ އެއީ އަމިއްލަށް ދެއްކި ދަށް ކުޅުމުގެ ސަބަބުން ގެއްލުނު މެޗެއް،" ޓެން ހެގް ބުންޏެވެ.

ޔުނައިޓެޑުން މި ސީޒަނަށް އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް، ކުރިން އެ ޓީމުގައި ހުރި ކޯޗު ރަފައެލް ރަންގްނިކް ވަކިކުރުމަށްފަހު އަޔެކްސްގެ ކޯޗުކަމުގައި އޭރު ހުރި ޓެން ހެގް ވަނީ އެ ޓީމަށް ގެނެސްފައެވެ.

މީގެއިތުރުން އެ ޓީމަށް އަޔެކްސްގެ ލިސަންޑްރޯ މާޓިނޭޒްގެ އިތުރުން ބްރެންޓް ފޯޑު އަދި އިންޓަމިލާނަށް ކުޅުނު ކްރިސްޓިއަން އެރިކްސަންއާއި ފަޔެނޯޑްއަށް ކުޅެމުންއައި ޓައިރެލް މަލާސިއާ ވެސް އެ ޓީމަށް ވަނީ ގެނެސްފައެވެ.

ނަމަވެސް ޓީމު ވަރުގަދަ ކުރުމަށް އަދި ކުޅުންތެރިން ބޭނުންވާކަމަށް ޓެން ހަގް ވަނީ ބުނެފައެވެ. އެ ޓީމުން ވަނީ ބާސެލޯނާގެ ފްރެންކީ ޑިޔޯންގް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ޑިޔޯންގް ޔުނައިޓެޑަށް ދާން ބޭނުން ނުވާކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް