ކޯޓު މާސްޓަރެއްގެ ގަޔަށް ކުޅު ޖެހި މީހަކު 15 ދުވަހަށް ޖަލަށް

ކްރިމިނަލް ކޯޓު: އެ ކޯޓުގެ ހުރުމަތް ކެނޑި މީހަކު ފަނަރަ ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޯޓު މާސްޓަރެއްގެ ގަޔަށް ކުޅު ޖެހި މީހަކު 15 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި އެ ހުކުމް ކޮށްފައިވަނީ ދައުލަތުގެ މުދަލަކަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހެއްގެ މައްޗަށެވެ.

ފަނަރަ ދުވަހަށް އޭނާ ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ, ކޯޓުގެ އަދަބުތަކާ ތަކުރާރުކޮށް ޚިލާފަށް އަމަލުކުރުމުން އެކަން ނުކުރުމަށް ކޯޓުގެ ސެކިއުރިޓީގެ ފަރާތުން ނަސޭހަތްތެރިވެފައި ވަނިކޮށެވެ.

އޭނާ ކޯޓުގެ ހުރުމަތް ކަނޑައި ކޯޓް މާސްޓަރެއްގެ ގަޔަށް ކުޅު ޖަހާފައި ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

comment ކޮމެންޓް