އަންނަ މަހުން ފެށިގެން ރާއްޖޭގެ ޑްރައިވިން ލައިސެންސް މެލޭޝިއާގައި ބޭނުންކުރެވޭނެ

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީކާ ސިއޮން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ--- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

އަންނަ މަހުގެ 12އިން ފެށިގެން ރާއްޖޭގެ ޑްރައިވިން ލައިސެންސް މެލޭޝިއާގައި ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީކާ ސިއޮންއާއި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ސޮއި ކުރެއްވި އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ލައިސެންސް ވެސް އަނެއް ގައުމުގައި ބޭނުންކުރެވޭނެއެވެ.

https://twitter.com/MoTCAmv/status/1557964571222364162

މެލޭޝިއާގައި ބޭއްވި އެ ރަސްމިއްޔާތުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދަތުރުފަތުރުކުރުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ އެކަމުން ރަމްޒުކޮށްދެނީ ދެ ގައުމުގެ ގުޅުމުގެ ބަދަހިކަން ކަމަށެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަދި ޗުއްޓީއަށާއި ބޭސްފަރުވާއަށް ދަތުރުކުރާ ގައުމެކެވެ.

comment ކޮމެންޓް