ވާހަކަ ދެއްކުމުގެ 35 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ދަށު ސާނަވީއާއި ސާނަވީ ބައިން އެއް ވަނަ ހޯދި ޖަމާލުއްދީން ސްކޫލްގެ ޓީމް-- ފޮޓޯ: ނަޒްމީ

އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބޭއްވި ވާހަކަ ދެއްކުމުގެ 35 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ރޭ ބޭއްވި މި ރަސްމިއްޔާތު ފެށިގެން ދިޔައީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. ޤުރުއާން ކިޔެވީ އަރަބިއްޔާ ސުކޫލްގެ ދަރިވަރު އަބްދުﷲ މުއުމިންއެވެ.

މި މުބާރާތް ބޭއްވީ ދެ ބަޔަކަށް ބަހާލައިގެނެވެ. އެގޮތުން ފުރަތަމަ ބުރުގައި ކުރިއަށް ގެންގޮސްފައިވަނީ ދަށު ސާނަވީ ގިންތީގެ ދަރިވަރުންނާއި މަތީ ސާނަވީ ގިންތީގެ ދަރިވަރުންގެ ވާހަކަ ދެއްކުމާ އަދި ކްލަބް ޖަމުއިއްޔާ ޖަމާއަތްތަކުގެ ބައިވެރިން މެދުގައި ބޭއްވުނު ބަހުސެވެ.

އޮފީސް ކުލަބު ޖަމިއްޔާ ޖަމާއަތްތަކުގެ ބައިން، 1ވަނަ ބަހުސްކުރުންތެރިޔާ، އަދި ޓީމުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާ: ޙައްވާ ރައުފާ ޢަބްދުއްރަޙީމް-- ފޮޓޯ: އެކެޑަމީ

ސާނަވީ ގިންތީގެ ދަރިވަރުގެ ވާހަކަ ދެއްކުމާއި އަމިއްލަ ފަރާތްތަކުގެ ވާހަކަ ދެއްކުން ކުރިއަށް ގެންދިޔައީ ގްރޭޑް 10ގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނު ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ.

މި މިބާރާތުގެ ދަށު ސާނަވީ ގިންތީގެ 25 ސުކޫލެއް ބައިވެރިވިއެވެ. އަދި ސާނަވީ ގިންތީގައި 24 ސުކޫލެއް ބައިވެރިވެފައިވާއިރު، މަތީ ސާނަވީ ގިންތީގައި ތިން ސުކޫލަކުން ބައިވެރިވިއެވެ.

މުޅި މުބާރާތުގެ ސުކޫލްތަކުން ވާހަކަ ދެއްކި ދަރިވަރުންގެ ޖުމްލަ އަދަދަކީ 224އެވެ. މުބާރާތުގެ އަމިއްލަ ފަރާތްތަކުގެ ބައިން ބައިވެރިވި ޖުމްލަ އަދަދަކީ ނުވައެކެވެ. އެކަމަކު މި ބައިން ވާހަކަ ދައްކާފައިވަނީ ހަ ބައިވެރިންނެވެ.

ސުކޫލް މަދަރުސާތަކުގެ ބައިގައި 152 ޓީމެއް ބައިވެރިވެފައިވާއިރު މީގެ ތެރެއިން 13 ޓީމަކީ އަތޮޅުތަކުގެ ޓީމް ތަކެވެ. މި ޓީމްތައް ނިސްބަތްވަނީ ހއ. އިން ފެށިގެން އައްޑޫ އަތޮޅާ ދެމެދަށެވެ.

އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން މަތީގެ އުމުރުފުރާއިން 1ވަނަ ވާހަކަދެއްކުންތެރިޔާ: ޢާހިލް ޢާޞިމް ޢަބްދުالله - ގދ. މަޑަވެލި، މާފޮޅޭގެ-- ފޮޓޯ: އެކަޑެމީ

ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގެ ހުރިހާ ގިންތިއަކުން ބައިވެރިވި ޖުމްލަ އަދަދަކީ 278އެވެ. އެކިއެކި ސަބަބު ތަކާހެދި މީގެ ތެރެއިން ބައެއް ބައިވެރިންނަށް މުބާރާތުގައި ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.

މި މުބާރާތުގައި ބައިވެރިވެގެން ވާހަކަ ދެއްކި ޖުމްލަ ބައިވެރިންގެ އަދަދަކީ 245އެވެ.

ރޭގެ ރަސްމިއްޔާތުގައި އަމިއްލަ ފަރާތްތަކުގެ ބައިން އެއް ވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށް ދެއްވީ މިނިސްޓަރު ޔުމްނާ މައުމޫނެވެ. ސްކޫލްތަކުގެ ބައިން ހުރިހާ އެއް ވަނައަކަށް ހޮވުނު ފަރާތްތަކަކަށް އިނާމު ހަވާލު ކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން މަސްހޫދު އަލީއެވެ. މުބާރާތުގެ ހުރިހާ ދެވަނަ އަކަށް ދިޔަ ފަރާތްތަކަކަށް އިނާމު ހަވާލު ކޮށްދެއްވީ ކުރީގެ ވަޒީރު އައްބާސް އިބްރާހިމްއެވެ. ހުރިހާ ތިން ވަނައަކަށް އިނާމު ހަވާލު ކޮށްދެއްވީ ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީއެވެ.

މުބާރާތުގައި ވަނަވަނައަށް އައި ފަރާތްތައް:

ދަށު ސާނަވީ ގިންތި:

އެއް ވަނަ ދަރިވަރު: ފާާތިމަތު ސާރާ ނަޒީރު، ޖަމާލުއްދީން ސްކޫލް.

ދެ ވަނަ ދަރިވަރު: މުުއައްޔަދު މަބާޙް މުޙައްމަދު، އަރަބިއްޔާ ސުކޫލް.

ތިން ވަނަ ދަރިވަރު: ނަމީރާ އަޙްމަދު ސައީދު، އަރަބިއްޔާ

އެއް ވަނަ ސުކޫލް: ޖަަމާލުއްދީން ސުކޫލް.

ދެ ވަނަ ސުކޫލް: މަަޖީދިއްޔާ ސުކޫލް.

ތިން ވަނަ ސުކޫލް: އިސްކަންދަރު ސުކޫލް.

ސާނަވީ ގިންތި:

އެއް ވަނަ ދަރިވަރު: އައިމިނަތު ޒާރާ އިބްރާހީމް، އިސްކަންދަރު ސްކޫލް.

ދެ ވަނަ ދަރިވަރު: އިބްރާހީމް ރިފާއު، އަމީނިއްޔާ ސްކޫލް.

ތިން ވަނަ ދަރިވަރު: އައިޝަތު އީޝާލް އަހްމަދު އަސްލަމް، ޖަަމާލުއްދީން ސުކޫލް.

އެއްވަނަ ސުކޫލް: ޖަމާލުއްދީން ސުކޫލް.

ދެ ވަނަ ސުކޫލް: އިސްކަންދަރު ސުކޫލް.

ތިން ވަނަ ސުކޫލް: އަރަބިއްޔާ

ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތުގެ ސްކޫލުތަކުގެ ބައިން ސާނަވީ ގިންތިން 3ވަނައަށް ހޮވުނު ދަރިވަރު: ނަމީރާ އަޙްމަދު ސަޢީދު، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ -- ފޮޓޯ/ އެކެޑަމީ

މަތީ ސާނަވީ ގިންތި:

އެއްވަނަ ދަރިވަރު: އައިޝަތު އަފާ އަޝްރަފް، އިހަވަންދޫ ސުކޫލް.

ދެ ވަނަ ދަރިވަރު: އަަބްދުالله ފައުޒާން އަހްމަދު، ސީއެޗްއެސްސީ.

ތިން ވަނަ ދަރިވަރު: މަަރިޔަމް މިންހާ މުފީދު، ސީއެޗްއެސްސީ.

އަމިއްލަ ފަރާތްތަކުގެ ބައި:

މި ބައިގައި 18 އަހަރުން ދަށުގެ ބައިގައި ބައިވެރިން ހަމަ ނުވާތީ ވަނަތަކެއް ނުހޮވައެވެ.

މި ބައިގައި 18 އަހަރުން މަތީގެ ވަނަ ތަކަށް ހޮވުނު ފަރާތްތައް:

އެއް ވަނަ: އާހިލް އާސިމް އަބްދުﷲ، ގދ. މަޑަވެލި، މާފޮޅޭގެ.

ދެ ވަނަ: އައިމިނަތް އިނާސް، ސްކޮޓްލޭންޑް ހއ. ދިއްދޫ.

ތިން ވަނަ: އިސްމާޢީލް ރަޒީން އިމްރާން، މ. ދިއްގަރު، އެވާލާސްޓް.

އޮޮފީސް، ކުންފުނި، ކުލަބު، ޖަމުއިއްޔާ، ޖަމާއަތްތަކުގެ ބައި:

ބަހުސްގެ އެއް ވަނަ ބައިވެރިޔާ: ހަައްވާ ރައުފާ އަބްދުއްރަހީމް. މ. ދިއްގަރު، ހިޔާ.

ދެ ވަނަ ބައިވެރިޔާ: އައިމިނަތު އިނާސް، ހއ. ދިއްދޫ، ސްކޮޓްލޭންޑް.

ތިން ވަނަ ބައިވެރިޔާ: އިސްމާޢީލް ރަޒީން އިމްރާން، މ. ދިއްގަރު، އެވާލާސްޓް.

އޮޮފީސް، ކުންފުނި، ކުލަބު، ޖަމުއިއްޔާ، ޖަމާއަތްތަކުގެ ބައިގެ ބަހުސް:

އެއް ވަނަ ބައިވެރިޔާ: ހަައްވާ ރައުފާ އަބްދުއްރަހީމް، މ. ދިއްގަރު، ހިޔާ.

ދެ ވަނަ ބައިވެރިޔާ: އަާމިނަތު އިނާސް، ހއ. ދިއްދޫ ސްކޮޓްލޭންޑް.

ތިން ވަނަ: އަލީ އަހްނަފް، ފ. ބިލެތްދޫ، ނޫވިލާ.

ބަހުސް ޓީމްތަކުގެ ވަނަތައް:

އެއް ވަނަ: އެމް އެމް އޭ ކްލަބް؛

ދެ ވަނަ: ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ
ދަރިވަރުންގެ ގުޅުން.

ތިން ވަނަ: ދިެހިރާއްޖޭގެ އިސްލާމީ
ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން.

ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތުގެ ސްކޫލުތަކުގެ ބައިން ސާނަވީ ގިންތިން 1ވަނަ ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލް -- ފޮޓޯ/ އެކެޑަމީ

ބަހުސްގައި ބައިވެރިވި ޓީމް ތަކުން އެންމެ ރަނގަޅު ބަހުސް ކުރުންތެރިންގެ ތެރެއިން ތިން ފަރާތެއް އެއް ވަނައަށް ހޮވިފައިވެއެވެ.

އެ ތިން ފަރާތަކީ ހަައްވާ ރައުފާ އަބްދުއްރަޙީމް، އެެމްއެމްއޭ ކްލަބާއި އަމިނަތު އިނާސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ އިތުރުން އަލީ އަހްނަފް، ދިވެހިރާއްޖޭގެ އިސްލާމީޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުން، މިއެވެ.

ރޭގެ ރަސްމިއްޔާތުގައި އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން މަތީގެ އުމުރުފުރާއިން އެއްވަނަ ހޯދި ފަރާތަށާއި އޮފީސް ކްލަބް، ޖަމުއިއްޔާ ޖަމާއަތްތަކުގެ ބައިން އެއް ވަނަ ބަހުސް ކުރުންތެރިޔާ އާއި އެއްވަނައަށް އައި ޓީމަށް ތައްޓާއި އިނާމާ އަދި ހަނދާނީ ލިޔުން ދިނުން އޮތެވެ.

މި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި ހެރިޓޭޖް މިނިސްޓްރީން ދޭ ތައްޓާއި ލިޔުންތެރިންގެ ގުޅުމުން ދޭ ތައްޓާއި އިނާމާ އަދި ދިވެހި ބަހުގެ އެކެޑެމީން ދޭ އިނާމާއި ހަނދާނީ ލިޔުމާއި އޮފީސް ކްލަބް ޖަމުއިއްޔާ ޖަމާއަތްތަކުގެ ބައިން އެއްވަނައަށް އައި ޓީމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ވާދައިގެ ތަށި ހަވާލުކޮށް ދެއްވީ ހެރިޓޭޖް މިނިސްޓަރު، ޔުމްނާ މައުމޫންއެވެ.

މި މުބާރާތުގެ ދަށު ސާނަވީ ގިންތިއާއި ސާނަވީ ގިންތިއާ މަތީ ސާނަވީ ގިންތިން އެއްވަނައަށް އައި ދަރިވަރުންނަށާއި ސުކޫލްތަކަށް ވެސް ވަނީ ތައްޓާއި އިނާމާ ހަދާނީ ލިޔުން ދީފައެވެ.

މި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި ހެރިޓޭޖް މިނިސްޓްރީން ދޭ ތައްޓާއި ލިޔުންތެރިންގެ ގުޅުމުން ދޭ ތައްޓާއި އިނާމާ އަދި ދިވެހި ބަހުގެ އެކެޑަމީން ދޭ އިނާމާ ހަނދާނީ ލިޔުމާއި އުމުރުފުރާ ތަކުގެ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ދޭ ތައްޓާ އުމުރުފުރާ ތަކުން އެއް ވަނައަށް އައި ސުކޫލް ތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ، އިބްރާހީމް ޝިހާބުގެ ވާދައިގެ ދަށި އެ ފަރާތްތަކަށް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މަސްއޫދު އަލީއެވެ.

ދަށު ސާނަވީއާއި ސާނަވީ ބައިން އެއްވަނަ ޖަމާލުއްދީން ސްކޫލް ވަނީ ހޯދައިފައެވެ. ދަށު ސާނަވީން އެއް ވަނަ ލިބުމާއެކު، މި މުބާރާތުގެ ދަށު ސާނަވީގެ ތަށި އެ ސްކޫލަށް މިލްކުވީއެވެ.

ޖަމާލުއްދީންގެ ދަރިވަރަކާ އިނާމު ހަވާލު ކުރައްވަނީ-- ފޮޓޯ: ނަޒްމީ

ރޭގެ ރަސްމިއްޔާތުގައި މުބާރާތުގެ ބައިވެރިއެއްގެ ޝުއޫރު ފާޅު ކުރުން އޮތެވެ. އެ ނަމްބަރު ފުރިހަމަ ކޮށްދިނީ އިސްކަންދަރު ސުކޫލްގެ ދަރިވަރު އައިމިނަތު ޒާރާ އިބްރާހީމްއެވެ.

ދަރިވަރުގެ ވާހަކައިގައި ބުނީ މިއަރުގެ ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުން ފުރުސަތު ލިބުނީ އޯލެވެލް އިމްތިހާނުގެ އެންމެ މުހިއްމު ހިސާބުގައި ކަމަށެވެ. އެހެންކަމުން ދިވެހި ބަހުގެ އެކެޑަމީން އެ އުމުރުފުރައިގެ ވާހަކަ ދެއްކުން ކުރިއަށް ގެންދިޔައީ އެ އިމްތިހާނު ނިމުމުން ކަން ފާހަގަކޮށް އެކަމަށް ޓަކައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމަށް ޝުކުރު އަދާކުރިއެވެ.

ރޭގެ ރަސްމިއްޔާތުގައި ޖަމާލުއްދީން ސުކޫލްގެ ދަރުވަރުން ވަނީ ތަމްސީލެއް ހުށަހަޅާދީފައެވެ. މި ހުށަހެޅުމުގައި ވާހަކަ ދެއްކުމުގެ މުބަރާތަކަށް މައިންބަފައިންނާއި އަދި ދަރިވަރުން ތައްޔާރުވަމުން އަންނައިރު، ވިސްނަޖްހޭ ކަންތައްތައް ވަރަށް ރީތި ކޮށް ދައްކުވައިދީފައިވެއެވެ.

މި މުބާރާތުގައި ވަނަތައް ހާސިލު ކުރި ދަރިވަރުންނާ މުޚާތަބް ކުރައްވައި ޝަރަފުވެރި މެހެމާން، ދިރާގުގެ ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީ، ވިދާޅުވީ ވާހަކަ ދެއްކުމަކީ އާދައިގެ ކުޑަ ކަމެއް ނޫން ކަމަށާއި އެހެންކަމުން ކުޅަދާނަ ވާހަކަދެއްކުންތެރިއަކަށް ވުމަށް ހިތްވަރާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން މަސްއޫދު ވަނީ ވާހަކަ ދެއްކުމުގެ މުބާރާތަކަށް ދަރިވަރުން ތައްޔާރުވާއިރު، ސަމާލުވާންޖެހޭ މުހިއްމު ކަންތައްތަކުގެ މައްޗަށް، އަމިއްލަ ތަޖުރިބާއާއި ދިރާސާގެ އަލީގައި ވާހަކަ ދައްކަވާފައެވެ.

"މޮޅު ވާހަކަ ދެެއްކުންތެރިއަކަށް ވެއްޖެ ނަމަ ކާމިޔާބަށް ވާސިލް ވުމަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ،" މަސްއޫދު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ މަރުހޫމް އަބްދުލްހަކީމް ކާންނާ ކަލޭފާނުގެ ޚިދުމަތްތަކާ ގުޅޭގޮތުން ޅ. ނައިފަރު މީޒާން، މުޙައްމަދު ޒަކަރިއްޔާ ލިޔުއްވާފައިވާ "އަބްދުލްހަކީމް ކާންނާ ކަލޭގެފާނު" ފޮތް ނެރެފައެވެ. މި ފޮތް ނެރެދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންއެވެ.

ގައުމީ ވާހަކަ ދެއްކުމުގެ 35 ވަނަ ގައުމީ މުބާރާތް ކުރިއަށް ދިޔައީ މިދިޔަ މޭ މަހުގެ 10 ވަނަ ދުވަހުން ފަށައިގެން ޖޫން މަހުގެ 29ގެ ނިޔަލަށެވެ.

comment ކޮމެންޓް