އެމްއެންޕީގެ ރަޖިސްޓްރާ އަކަށް ފަރުހާދު

އެމްއެންޕީގެ ރަޖިސްޓްރާ ކަމަށް އައްޔަން ކުރެއްވި ފަރުހާދު -- ފޮޓޯ/ އެމްއެންޕީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރަޖިސްޓްރާގެ މަގާމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަރުހާދު އައްޔަންކޮށްފިއެވެ.

އެކަމާ ގުޅިގެން އެޕާޓީން ބުނީ ފަރުހާދަކީ ގައުމީ ޚިދުމަތުގައި އަހަރުތަކެއް ހޭދަކުރައްވާ ޚާރިޖީ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހުރި، ހިންގުންތެރި ބޭފުޅެއްކަމަށެވެ.

"އެމްއެންޕީގެ އައު ރަޖިސްޓްރާ ފަރުހާދައެކު ޕާޓީގެ ހިންގުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫން،" އެ ޕާޓީން ބުންޏެވެ.

ފަރުހާދަކީ މީގެ ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. އެ ޕާޓީގެ ޓިކެޓުގައި އޭނާ ވަނީ 2019ވަނަ އަހަރު އޮތް މަޖިލީހުގެ އިންތިޚާބުގައި އައްޑޫ މީދޫ ދާއިރާއަށް ކުރިމަތިލާފައެވެ.

comment ކޮމެންޓް