އުރީދޫއިން ''އަޕްގްރޭޑް ޔޯ ވޯލްޑް'' ގެ ނަމުގައި ކެމްޕެއިނެއް ފަށައި، ބްރޭންޑަށް ބޮޑު ބަދަލެއް

އުރީދޫގެ ބްރޭންޑް ލޯގޯ އާއި ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" ރާއްޖޭގައި ތައާރަފުކުރުން --- ފޮޓޯ/ އުރިދޫ

އުރީދޫގެ މައި ކުންފުނި އުރީދޫ ގްރޫޕުގެ ބްރޭންޑް ލޯގޯ އާއި ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އިއްޔެ ރާއްޖޭގައި އިފްތިތާހުކޮށްފިއެވެ.

އަޕްގްރޭޑް ކޮށްފައިވާ ލޯގޯ ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ އަޒީޒް އަލް-އުތްމާން ފަޚްރޫއެވެ.

އުރީދޫއިން ބުނީ އޭޝިއާގައި އުރީދޫ އޮޕަރޭޓް ކުރާ ކުންފުނިތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސް އަކީ، އުރީދޫ ގްރޫޕުގެ ތަސައްވަރާއި އަމާޒު އެންމެ ފުރިހަމައަށް ތަމްސީލްކޮށްދިނުމަށް އެކުންފުނީގެ ބްރޭންޑްއަށް ގެނައި އެ ބަދަލު އެންމެ ފުރަތަމަ އިފްތިތާހު ކުރި ކުންފުނި ކަމަށެވެ.

އެ ކުންފުނީގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އަކީ ކޮންމެ މީހަކަށާއި ކޮންމެ ވިޔަފާރިއަކަށް އަދި މުޅި ރާއްޖެއަށް ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކާއި ތައާރަފް ކުރާ އާ އީޖާދުތަކުގެ އިތުރުން ކަސްޓަމަރުންނާއި މުވައްޒަފުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މަގްސަދު އެންމެ ފުރިހަމައަށް ދައްކުވައިދޭ ޓެގްލައިނެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ އާާ އައިޑެންޓިޓީ އަކީ އެ ކުންފުނިން ކުރަމުން އައި ދަތުރުގައި ޒަމާނީ ޓެކްނޮލޮޖީއާއި އެއްހަމަކޮށް ވިޔަފާރިއަށް ގެންނަމުންއަންނަ ކުރިއެރުމާއި އެއްގޮތައް މަތިން ގެނެވުނު ބަދަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫގެ އާ ޓެގްލައިންއާ ގުޅިގެން އެކުންފުނީގެ އެމްޑީ އަދި ގްރޫޕް ސީއީއޯ އަޒީޒް އަލް-އުތްމާން ފަޚްރޫ ވިދާޅުވީ މި ވަގުތަކީ ވަރަށް އިންތިޒާރުކުރި މަރުހަލާއެއް ކަމަށެވެ.

އެއީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންގޮސް އަގުހުރި ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް އުރީދޫން ކާމިޔާބުކަމާއިއެކު ކުރިއަށްގެންދާ ޓްރާންސްފޮމޭޝަން ޕްރޮގްރާމްގެ އާ މަރުހަލާއެއް ކަމަށާއި އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކުންފުނީގެ ޙިދުމަތްތައް ހޯދާ ފަރާތްތަކާއި ހިއްސާ ދާރުންނަށް ލިބޭ މަންފާ އެއްދުވަހުން އަނެއްދުވަހަށް އިތުރު ކޮށްދިނުމުގެ ސަގާފަތެއް ކުންފުނީގައި ދެމެހެއްޓުމަށް ކަމަށް އެނާ ވިދާޅުވިއެވެ.

"އުރީދޫ އިން ކުރާ ކޮންމެ މަސައްކަތެއްގެ ފަހަތުގައި ވާ އަމާޒަކީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ކުރިއެރުންކަމަށް ވުމުން، އުރީދޫގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް"، ވަރަށް ފުރިހަމައަށް މި އަމާޒު ދޭހަކޮށްދޭ،" އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ބްރޭންޑް ލޯގޯ އާއި ޓެގްލައިންވަނީ ދިވެހި މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދި ކުރުމަށް ކުރަމުންދާ މަސައްކަތާއި ވަރަށް ބޮޑަށް ގުޅިލާމެހިފައި ކަމަށެވެ.

އުރީދޫ މޯލްޑިވްސް އިން ފެށިގެން ބޮޑެތި ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށް، އުރީދޫ މޯލްޑިވްސް މިހާރު އެވަނީ މުއާސަލަތީ ޙިދުމަތްތަކުގެ އިތުރުން ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭންފަށާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އިން މި ބަދަލުތައް ދައްކުވައިދޭ އަދި ޓެކްނޮލޮޖީއާއެކު ހުޅުވިގެންދާ ފުރުސަތުތައް ފަހިކޮށްދިނުމުގައި އުރީދޫގެ ތަސައްވުރު ވަރަށް ރަނގަޅަށް ދޭހަކޮށްދޭ ކަމަށާއި މުޅި ރާއްޖެ ހިމެނޭ ގޮތައް ބިނާކޮށްފައިވާ 4ޖީޕްލަސް ނެޓްވޯކް އަދި އުރީދޫގެ ވަރުގަދަ 5ޖީ ނެޓްވޯކްގެ އެހީގައި ޑިޖިޓަލް ރާއްޖެ އެއް ބިނާކުރައްވާނެ ކަމަށް ޚާލިދު ވިދާޅުވިއެވެ.

"ސްމާޓް ސިޓީސް، އިންޓަނެޓް އޮފް ތިންގްސް އަދި އާޓިފިޝަލް އިންޓެލިޖެންސްއަށް ކަސްޓަމަރުންނާއި ވިޔަފާރިތަކާއި މުޖުތަމައު މަގުފަހިކޮށްދިނުމުގައި އަޅުގަނޑުމެން ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވަން. އަދި، ހުރިހާ ގޮތަކުންވެސް ތިޔަބޭފުޅުންގެ ދުނިޔެ އާރާސްތުކޮށް، ދިރިއުޅުމުގައި ކުރިއަށް ދިޔުމަށް އަޅުގަނޑުމެން މަގުފަހިކޮށްދިނުމުގައި އުރީދޫ މޯލްޑިވްސްއިން ދެމި އޮންނާނެ." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

އުރީދޫން ބުނީ "އަޕްގްރޭޑް ޔޯ ވޯލްޑް" މެދުވެރިކޮށް، ކަސްޓަމަރުންގެ އެކި ބޭނުންތަކާއި އެއްގޮތްވާގޮތައް ޙިދުމަތްތަކާއި ޕެކޭޖްތައް އިޙްތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންގޮސް، އެކުންފުންޏާއެކު ކުރެވޭ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

އުރީދޫ ގްރޫޕް ސީއީއޯ އަދި ޤަތަރުގެ ޑެޕިއުޓީ ސީއީއޯ ޝައިޚް މުޙައްމަދު ބިން ޢަބްދުالله އަލްޘާނީ ވިދާޅުވީ އުރީދޫ ބްރޭންޑް އަށް ގެނެވުނު އެ ބަދަލާ އެކުގައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެ ކުންފުނިގެ ބިޒްނަސް މޮޑެލް އާއި އެންމެ ކުރިއަރާފައިވާ ޓެލްކޯ ޙިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން އެކުންފުނީގެ ޙިދުމަތްތައް އަންނަނީ އިތުރަށް ފުޅާވެ ކަސްޓަމަރުންގެ ކުރިއެރުމަށް މަގު ފަހިވަމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މަސައްކަތާއި ގޭތެރޭގެ ދިރިއުޅުން، ހަލުވި ސްޕީޑެއްގައި ޑިޖިޓަލްވަމުންދާތަން، އިތުބާރުކުރެވޭ މުވާއްސަލާތީ ޕްރޮވައިޑަރެއްގެ މުހިންމުކަން އިތުރުވެގެންދާތަން. އަޅުގަނޑުމެންގެ އާ ބްރޭންޑް ޕޮޒިޝަން ގެ ސަބަބުން އުރީދޫ އޮޕަރޭޓްކުރާ ހުރިހާ މާކެޓެއްގައިވެސް އަޅުގަނޑުމެންގެ ކަސްޓަމަރުން އިތުރު ހަރުފަތަކަށް ގެންދެވޭނެ؛ އަދި، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޚިދުމަތްތަކުގެ ވަރުގަދަ އީކޯސިސްޓަމެއް މެދުވެރިކޮށް ގުޅުވާލަދީ، ދުނިޔޭގެ ފެންވަރުގައި އިތުރު ފުރިހަމަކަމެއް ގެނެސްދެވޭނެ،" އޭނާ ވިދާޅުވިއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި، އުރީދޫ ގްރޫޕްގެ ޑިޖިޓަލް ޙިދުމަތްތަކަށް ބޭނުންވާ ވަރުގަދަ ނެޓްވޯކާއި އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ހިންގާ ޓްރާންސްފޮމޭޝަން ޕްރޮގްރާމުގައިވާ ގޮތުގެ މަތިން އުރީދޫ މޯލްޑިވްސް އިންވެސް ނެޓްވޯކްތަކާއި ޓެކްނޮލޮޖީ އަދި މީހުން އަޕްގްރޭޑް ކުރުމަށް ވަރަށް ބޮޑަށް އިންވެސްޓް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.

comment ކޮމެންޓް